މާލޭގައި ހުރި އެންމެ ގިނަ ދުވަސްވީ އެއް އިމާރާތް އެސްޖެހި ގަނޑުވަރު ރައްކާތެރިކޮށް ހުޅުމާލޭއަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނީ ހުޅުމާލޭގައި އެ ކުންފުނިން ތަރައްގީކުރާ ހެރިޓޭޖް ޑިސްޓްރިކްޓަށް އެސްޖެހި ގަނޑުވަރު ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ އިމާރާތް އެ ސަރަހައްދަށް ބަދަލުކުރަނީ އޭގެ އަސްލު ގެއްލިގެން ނުދާނެހެން ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ. އެތަން ނިސްބަތް ވަނީ ވެސް މާފަތް ކަލޭގެފާނަށް ކަމަށް ތާރީހީ ލިޔުންތަކުގައި އެނގެއެވެ.

https://twitter.com/hdcmaldives/status/1513789636279078914?s=20&t=kEo6CLe8XnxqtOIgHYDBqg

އެސްޖެހި ގަނޑު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފަރުކޮޅުފުށި ސަރަހައްދުގައި އަލުން ބެހެއްޓުމަށް ނިންމީ ކުރީގެ ސަރުކާރުންނެވެ.