1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

"ދަނޑެކޮޑޭ އަވަޓު ރޯދަވީއްލުން" ގެ ނަމުގައި އަވަށު ބޮޑު ރޯދަ ވީއްލުމެއް ތިނަދޫގައި ބާއްވައިފި

Dhadekodey Avatu roadha veehlun4
ތިނަދޫގައި މިއަދު ބޭއްވުނު ދަނޑެކޮޑޭ އަވަޓު ރޯދަވީއްލުމުގެ ތެރެއިން
ނަޞްރުﷲ އަފީފް
1,630ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގދ. ތިނަދޫގެ ހުޅަނގު ދެކުނު އަވަށްކަމުގައިވާ ދަނޑެކޮޑޭ އަވަށަށް ނިސްބަތްވާ ގިނަ ޒުވާނުން އިސްނަގައިގެން ބޮޑު ރޯދަވީއްލުމެއް އެއަވަށުގައި ބާއްވައިފިއެވެ.

ދަނޑެކޮޑޭ އަވަށަށް ނިސްބަތްވާ ޒުވާނުން އިސްނަގައިގެން ބޭއްވި މިރޯދަވީއްލުމުގައި، އެއަވަށަށް ނިސްބަތްވާ ގިނަ އަދަދެއްގެ ޒުވާނުންނާއި އެކި އުމުރުފުރައިގެ މީހުން ވަނީ ބައިވެރިވެފައެއެވެ. މިރޯދަވީއްލުމުގައި، ތިނަދޫ ބައެއް ކައުންސިލަރުންނާއި، ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައެއް މެމްބަރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

Dhadekodey Avatu roadha veehlun2ތިނަދޫގައި މިއަދު ބޭއްވުނު ދަނޑެކޮޑޭ އަވަޓު ރޯދަވީއްލުމުގެ ތެރެއިން

300 × 250

ރޯދަ ވީއްލުމުގައި ބައިވެރިވީ މީހަކު ހުވަދޫ މީޑިއާ އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އަވަށު ހުރިހާ އެންމެންނަށް މިގޮތަށް އެއްތަނަކުން ބައްދަލުވެ، ވާހަކަ ދެކެވި، ހާލުބަލާލަން ލިބޭ މިފަދަ ފުރުޞަތުތަކީ، އަވަށަށް ނިސްބަތްވާ ރައްޔިތުންގެ ގުޅުން ބަދަހިވެގެންދިޔުމަށް ލިބިގެންދާ ފުރުޞަތެކެވެ. މިފަދަ ކަމެއް އިންތިޒާމް ކުރެއްވީތީ މިއަވަށުގެ ޒުވާނުންނަށް ޝުކުރުއަދާކުރާ ކަމަށެވެ.

Dhadekodey Avatu roadha veehlun1ތިނަދޫގައި މިއަދު ބޭއްވުނު ދަނޑެކޮޑޭ އަވަޓު ރޯދަވީއްލުމުގެ ތެރެއިން

ރޯދަވީއްލުމަށް ނެރެވުނު ހުރިހާ ހެދިކާއަކާއި، ޖޫސް ފަދަ ތަކެއްޗަކީ، އަވަށުގެ ހުރިހާ ގެއަކުން ތައްޔާރު ކޮށްފައިވާ ތަކެއްޗެވެ. އަވަށުގެ ހުރިހާ ގެއަކުންވެސް މިރޯދަވިއްލުމަށް ތަފާތު މީރު އެކިބާވަތުގެ ކާއެއްޗެހި ތައްޔާރުކޮށްފައިވެއެވެ. ރޯދަވީއްލުން ކުރިޔަށް ގެންދެވިފައިވަނީ، ތިނަދޫ އެމްއާރުޑީސީ އޮފީސް ކުރިމަތީ މަގުގައެވެ. ރޯދަ ވީއްލުމުގެ ސުފުރާ ތައްޔާރުކުރުމުގައިވެސް ގިނަ އަދަދެއްގެ ޒުވާނުން ވަރަށް ފޯރީގައި ބައިވެރިވެފައި ވެއެވެ. ރޯދަވިއްލުމުގެ ޚާއްސަ ބެނާއެއް "ދަނޑެކޮޑޭ އަވަޓު ރޯދަވީއްލުން 1443" ތައްޔާރުކުރެވިފައި ވެއެވެ. އަދި އަވަޓު ރޯދަވީއްލުން ޖަހައި ތައްޔާރުކުރެވިފައިވާ ޚާއްސަ ކޭކެއްވެސް ތައްޔާރު ކުރެވިފައި ވެއެވެ.

Dhadekodey Avatu roadha veehlun4ތިނަދޫގައި މިއަދު ބޭއްވުނު ދަނޑެކޮޑޭ އަވަޓު ރޯދަވީއްލުމުގެ ތެރެއިން

ރޯދަ ވީއްލުމުގެ ސުފުރާ އަންހެނުންނާއި، ފިރިހެނުންނަށް ވަކިން ތައްޔާރުކުރެވިފައި ހުރުމަކީ، މިސުފުރާ އިތުރަށް ފުރިހަމަވެގެން ދިޔަކަމެކެވެ. ރޯދަވީއްލުމުގައި ބައިވެރިވި ހުރިހާ ބައިވެރިންގެ މޫނުމަތިންވެސް ފެނިފައިވަނީ، އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. އަވަށު ފޯރީގައި މިފަދަ ރޯދަވީއްލުން މީގެ ކުރިންވެސް ތިނަދޫއިން ފެނިފައިވެއެވެ.

Dhadekodey Avatu roadha veehlunތިނަދޫގައި މިއަދު ބޭއްވުނު ދަނޑެކޮޑޭ އަވަޓު ރޯދަވީއްލުމުގެ ތެރެއިން

Dhadekodey Avatu roadha veehlun3ތިނަދޫގައި މިއަދު ބޭއްވުނު ދަނޑެކޮޑޭ އަވަޓު ރޯދަވީއްލުމުގެ ތެރެއިން

ގދ. ތިނަދޫގެ ދަނޑެކޮޑޭ އަވަށު ސަރަޙައްދަކީ، އަބަދުވެސް އެކުވެރި ރައްޔިތުންތަކެއް ދިރިއުޅޭ، ޒުވާނުންގެ މެދުގައި އަބަދުވެސް އެކުލުންތެރިކަން ބޮޑު އަވަށެކެވެ. އަވަށު ފޯރި ކުރިއަށް ނެރެ އަވަށުގެ އިޖުތިމާޢީ ރޫޙު އާލާކުރުމަކީ، އެމުޖުތަމަޢުއެއްގެ ކަންކަން ކުރިއަރައި، ހަމަޖެހޭ އެކުވެރި ދިރިއުޅުމެއް އުޅުމަށް އެޅިގެންދާނެ ހަރުދަނާ ފިޔަވަޅެކެވެ. މިފަދަ އާދަތަކަކީ، ދިވެހި އާދަކާދައިގައި އަބަދުވެސް މީގެކުރިންވެސް ފެންނަ ރީތި އާދަތަކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި