1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ދުނިޔޭގެ މަޝްހޫރު ބާސްކެޓް ބޯލް ކުޅުންތެރިޔާ ޑުސަން ބުލެޓް ތިނަދޫގައި

278444393_3411808309056281_6076127356693917462_n
އެމްބީއޭ އާއެކު ޑުސަން ޤައުމީ ޖޫނިއަރ ޓީމްތަކުގެ ކުޅުންތެރިންގެ ޓްރެއިނިންގ ކުރިޔަށް ދަނީ - ފޮޓޯ: އެމްބީއޭ
ޢަޒީޒާ އަފީފް
1,010ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

3x3 ބާސްކެޓް ބޯލްގެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ޑުސަން ބުލެޓް ގދ.ތިނަދޫގައި ހުންނެވިކަމަށް މޯލްޑިވްސް ބާސްކެޓް އެސޯސިއޭޝަނުން ހާމަކޮށްފިއެވެ.

މިއީ ޑުސަން ރާއްޖެ އައި ދެވަނަ ފަހަރެވެ. ރެޑްބުލް އާއި ގުޅިގެން MBA އިން މީގެ ކުރިން ވަނީ ހދ.ކުޅުދުއްފުށީގައިވެސް ޓްރެއިނިންގ ހިންގާފައެވެ. އަދި މިއީ ހުވަދު އަތޮޅުގައި މިފަދަ ޓްރެއިނިންގ 3x3 ޗެމްޕިއަނަކާއެކު ހިންގާ ފުރަތަމަ ފަހަރެވެ. ޑުސަންއަކީ ރެޑްބުލް އިން ސްޕޮންސާރކޮށްފައިވާ އެތްލީޓެކެވެ.

މޯލްޑިވްސް ބާސްކެޓް އެސޯސިއޭޝަނުން ހާމަކުރި ގޮތުގައި އެއެސޯސިއޭޝަނުން ދަނީ ހުވަދު އަތޮޅުގައި ބާސްކެޓް ބޯޅަ ކުރިއެރުވުމަށް ގދ.ތިނަދޫ އަދި ގއ.ވިލިނގިލީގައި މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރެއިން މިދެރަށުގައި ކޯޗުން އުފެއްދުމާއި ޓްރެއިނިންގ ޕްރޮގްރާމްތައް ކުރިޔަށް ދިޔައިރު ދެރަށުގައިވެސް ކުޅިވަރަށް ލޯބިކުރާ ޒުވާނުންނާއި އަމިއްލަ ޖަމިއްޔާ އަދި ކްލަބްތަކުގެ އެއްބާރުލުން ވަނީ ލިބިފައިވާ ކަމަށް އެމްބީއޭ އިން ވަނީ ހާމަކޮށްފައެވެ.

300 × 250

އެމްބީއޭއިން ފާހަނގަކުރި ގޮތުގައި ތިނަދޫގެ ޓޭޑް ޖަމިއްޔާ އަދި ވިލިނގިލީގެ ކުޅިވަރުގެ އެއްބާރުލުމާއި އެހީތެރިކަން ވަނީ ލިބިފައެވެ.

ފޮޓޯ: ޓޭޑް

ބާސްކެޓް ބޯޅައަކީ މިދެރަށުގައިވެސް ވަރަށް ގިނަ ދުވަހަށްފަހު އަލުން ދިރުވަން މަސައްކަތް ކުރެވޭ ކުޅިވަރެކެވެ. މިގޮތުން މިއަދު ހަވީރު 4:30 އިން ފެށިގެން ބާސްކެޓް ބޯލް ކޯޓުގައި ކުޑަކުދިންގެ ޓްރެއިނިންގ ހަރަކާތް ކުރިޔަށް ދާނެ ކަމަށާއި މިރޭ ބާސްކެޓް ބޯލް ކޯޓުގައި ތިނަދޫ ޓީމަކާއި ވިލިނގިލީ ޓީމެއްގެ އެކުވެރިކަމުގެ މެޗެއް އޮންނާނެ ކަމަށް އެމްބީއޭއިން ވަނީ ހާމަކޮށްފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި