ރިސޯޓެއްގައި މޫދަށްއެރި އުޅުނު ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން ބުނީ އދ. އަތޮޅުގެ ރިސޯޓެއްގައި މޫދަށްއެރި އުޅުނު ފަތުރުވެރިއަކު ގެނބިގެން އުޅޭކަމުގެ މައުލޫމާތު މިއަދު 12:11 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. މަރުވެފައިވަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ ފަތުރުވެރިއާއަށް ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ބުނެފައިވެއެވެ.