1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ބަންގުލަދޭޝް ވެއިޓަރު މަރައިލި އާބިދުގެ ބަންދަށް 15 ދުވަސް

FQegRitaUAMKFqC-e1650124755674
ބަނގުލަދޭޝް ވޭޓަރު މަރާލި އާބިދުގެ މައްޗަށް 15 ދުވަސް ވަނީ ޖަހާފައި
އައިޝަތު ޝިރުފާ
652ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިއްޔެ ހަވީރު ހުޅުމާލޭގެ ޙާންޖީ ކެފޭ ތެރޭގައި ހންގި މާރާމާރީއެއްގައި ނިޔާވި ބަނގުލަދޭޝް މީހާ މަރާލި ޕާކިސްތާން މީހާގެ މައްޗަށް 15 ދުވަސް ޖަހައިފިއެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ 26 އަހަރުގެ މުހައްމަދު އަބީދު ނަމަކަށްކިޔާ ޕާކިސްތާނުގެ ފިރިހެނެކެވެ.

އިއްޔެ ހަވީރު ހުޅުމާލޭ ހާންޖީ ކެފޭ ތެރޭގައި މަރާލި ބަންގްލަދޭޝް މީހާއަކީ އެތަނުގައި އުޅޭ ވޭޓަރެކެވެ. އަދި އޭނާ މަރާލިކަމަށް ތުހުމަތުކުރެވޭ ޕާކިސްތާނު މީހާއަކީ އެތަނުގެ ކައްކާއެވެ. ބަނގުލަދޭޝް މީހާއަށް ޙަމަލާދީފައި އޮތް ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި އާންމުވަމުންދާއިރު، އެވީޑިއޯގައި އޭނާގެ ކަރަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާތަން ފެނެއެވެ. އަދި އެކެފޭގެ މުވައްޒަފުން އޭނާއަށް އިތުރު ފަރުވާދޭ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.

300 × 250

މިމައްސަލައާއި ގުޅިގެން ޕާކިސްތާން މީހާ ހޯދަން ފުލުހުން އެދުނު ނަމަވެސް ފުލުހުން ބުނީ އޭނާއަކީ ނުރައްކާތެރި މީހެއް ކަމަށާޢި، އަބީދު ފެނުނު ނަމަވެސް އޭނާއާ ކުރިމަތި ނުލައި ފުލުހުންނަށް ރިޕޯޓުކުރުމަށެވެ.

އެހެން ނަމަވެސް ފުލުހުން ވަނީ މިހާރު އޭނާ ހައްޔަރުކޮށްފައެވެ. އާބިދު ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗުންނެވެ.

ފުލުހުން ބުނީ އާބިދުގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހާފައިވަނީ ބަންދާއި މެދު ގޮތެއް ނިންމުމަށް މިރޭ ހުޅުމާލެ ކޯޓަށް ހާޒިރުކުރުމުންނެވެ.

ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި