1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މަރާލި ބަންގްލަދޭޝް މީހާގެ ހަށިގަނޑު ޤައުމަށް ފޮނުވައިދޭން އޭނާގެ އާއިލާއިން އެދިއްޖެ

img_md_202204181102321650261752.3413
ވަޅިން ޙަމަލާދީ މަރާލި އެމްދީ ޝާހީން
އައިޝަތު ޝިރުފާ
1,975ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިދިޔަ އާދީއްތަ ދުވަހު ހުޅުމާލޭ ރެސްޓޯރެންޓެއްގެ ތެރޭގައި ވަޅިން ހަމަލާދީ މަރާލި ބަންގްލްދޭޝް މީހާގެ ހަށިގަނޑު ޤައުމަށް ފޮނުވައި ދިނުމަށް އޭނާގެ ޢާއިލާއިން އެދިފައިވާ ކަމަށް ބަންގްލަދޭޝްގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ބަނގުލަދޭޝް މީހަކު މަރާލާފައިވާ ކަމަށް ތުހުމަތުކޮށްފައިވަނީ ޕާކިސްތާނުގެ އުމުރުން 26 އަހަރުގެ މުހައްމަދު އާބިދަށެވެ.

ބަންގްލަދޭޝްގެ ނޫހެއްކަމަށްވާ "ޑެއިލީ ސްޓާ" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕާކިސްތާނު ކައްކާ އާބިދުގެ ހަމަލާއަކުން މަރުވެފައިވާ ބަންގްލަދޭޝްގެ ބްރަހްމަންބާރިއާ ސިޓީގެ ޗަމްޕޫރް ވިލެޖަށް ނިސްބަތްވާ އެމްޑީ ޝާހިން، 29ގެ އާއިލާއިން އޭނާގެ ހަށިގަނޑު ގައުމަށް ފޮނުވައިދޭން ކަމާބެހޭ ފަރާތްތަކުގެ ކިބައިން ވަނީ އެދިފައެވެ. އަދި އޭނާއަށް އިންސާފު ހޯދައިދިނުމަށްވެސް އެ ޢާއިލާއިން ވަނީ އެދިފައެވެ.

300 × 250

އާދީއްތަ ދުވަހު ހަވީރު ހުޅުމާލޭ ހާންޖީ ކެފޭ ތެރޭގައި މަރާލި ބަންގްލަދޭޝް މީހާއަކީ އެތަނުގައި އުޅޭ ވޭޓަރެކެވެ. އަދި އޭނާ މަރާލިކަމަށް ތުހުމަތުކުރެވޭ ޕާކިސްތާނު މީހާއަކީ އެތަނުގެ ކައްކާއެވެ. ބަނގުލަދޭޝް މީހާއަށް ޙަމަލާދީފައި އޮތް ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި އާންމުވަމުންދާއިރު، އެކެފޭގެ މުވައްޒަފުން އޭނާއަށް އިތުރު ފަރުވާދޭ މަންޒަރު ވީޑިއޯއިން ފެނެއެވެ.

މިމައްސަލައާއި ގުޅިގެން ޕާކިސްތާން މީހާ ހޯދަން ފުލުހުން އެދުނު ނަމަވެސް ފުލުހުން ބުނީ އޭނާއަކީ ނުރައްކާތެރި މީހެއް ކަމަށާޢި، އަބީދު ފެނުނު ނަމަވެސް އޭނާއާ ކުރިމަތި ނުލައި ފުލުހުންނަށް ރިޕޯޓުކުރުމަށެވެ.

އެހެން ނަމަވެސް ފުލުހުން ވަނީ މިހާރު އޭނާ ހައްޔަރުކޮށްފައެވެ. އާބިދު ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗުންނެވެ. ފުލުހުން ބުނީ އޭނާގެ ބަންދަށް ވަކިގޮތެއް ކަނޑައެޅުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި