ހުޅުމާލޭގައި ހިންގާ ޚާންޖީ ރެސްޓޯރެންޓްގެ ތެރޭގައި ވަޅިން ހަމަލާދީ މަރާލި ބަންގްލްދޭޝް ވޭޓަރު އެމްޑީ ޝަމީމްގެ ހަށިގަނޑު މިއަދު އޭނާގެ ޤައުމަށް ފޮނުވާލައިފިއެވެ.
ހުޅުމާލޭ ރެސްޓޯރެންޓްގައި މިމަހުގެ 16 ވަނަދުވަހު ހަވީރު ވަޅިން ހަމަލާދީ އެތަނުގެ ވެއިޓަރެއް މަރާލި މައްސަލައިގައި ދަންވަރު ވަނީ އެ ރެސްޓޯރެންޓްގައި ޝެފެއްގެ ގޮތުގައި މަސައްކަތްކުރާ ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ އުމުރުން 26 އަހަރުގެ މުހައްމަދު އާބިދު ހައްޔަރުކޮށްފައެވެ. ބަނގުލަދޭޝް މީހާ މަރާލުމަށްފަހު އާބިދު ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ ބީޗް ސަރަޙައްދުަގއި ފިލައިގެން އުޅުމުގެ ތެރޭގައެވެ.
ބަނގުލަދޭޝްގެ ޝަމީމަށް ވަޅިން ހަމަލާދީފައިވަނީ އެ ރެސްޓޯރެންޓް ބަދިގެ ތެރޭގައި ހިނގި ޒުވާބެއްގެ ތެރެއިންނެެވެ. ޝާހީނަށް ލިބިފައިވާ އަނިޔާގެ ތަފްސީލް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.