1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ވަޒީފާއިން ސަސްޕެންޑް ކުރީ ގާނޫނާއި ޚިލާފަށް: ޝައިޚް ފާރިޝް

Zam Zam
ޝައިޚް ޒަމްޒަމް ފާރިޝް
އައިޝަތު ޝިރުފާ
628ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަށް ގޮންޖަހައި އެ ނިންމެވުމަށް ފާޑުކީ ކަމަށް ބުނެ ވަޒީފާއިން ސަސްޕެންޑް ކުރީ ގާނޫނާއި ގަވާއިދާއި ޚިލާފަށް ކަމުގައި ޝައިޚު ޒަމްޒަމް ފާރިޝް ވިދާޅުވެއްޖެ އެވެ.

ވަޒީފާއަށް ނިކުތުން މަނާކޮށް އެޑިޔުކޭޝަން މިނިސްޓްރީން ޒަމްޒަމް އަށް އިއްޔެ ފޮނުވާފައިވާ ސިޓީއެއްގައި ވަނީ ރައީސްގެ ގަރާރަށް ފާޑުކިޔާ އެ ނިންމެވުމަށް ގޮންޖަހާ އިންޑިއާ އައުޓް ހަރަކާތަށް ހިތްވަރު ލިބޭ ގޮތަށް އޭނާ ޓްވީޓް ކުރައްވާފައިވާ ކަމަށެވެ.

އެކަމަކީ ސިވިލް ސާވިސް ގަވާއިދުގައި ބަޔާން ކުރާ ސާވިސް މުވައްޒިފެއްގެ ދައުރާއި ޒިންމާތަކާއި އަދި އުޅުމާއި ސުލޫކު ބަހައްޓަން ޖެހޭ ގޮތާއި އަދި ކޯޑް އޮފް ކޮންޑަކްޓާއި ތައާރުޒުވާ ކަމެއް ކަމަށްވެސް އެސިޓީގައި ބުނެފައިވެއެވެ. އެފަދަ މައްސަލަ ތަކުގައި މީގެ ކުރީންވެސް ޒަމްޒަމް ހާޒިރުކޮށް ސުވާލުކޮށް ނަސޭހަތް ދީފައިވާނެ ކަމަށްވެސް އެސިޓީގައި ފާހަގަކޮށްފައިވެ އެވެ.

300 × 250

އަދި އެ އަމަލަކީ އެކުގައި މަސައްކަތް ކުރާ މުވައްޒިފުންނާއި ކިޔަވައިދޭ ދަރިވަރުން އަދި އަފްރާދުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފެދުމާއި ހަމަނުޖެހުމަށް ހިތްވަރު ދެވޭ އަދި އެކަން ކަމަށް މަގުފަހިވާ ފަދަ އަމަލަކަށްވާތީ އެކަން ބަލާ ތަހުގީގުކޮށް ނިމެންދެން ޝައިހް ޒަމްޒަމް ފާރިސް ސަސްޕެންޑް ކުރާ ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.

އެކަމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޒަމްޒަމް ފާރިޝް ވިދާޅުވީ، އޭނާ ޓްވީޓް ކުރީ ގާނޫނާއި ގަވައިދާ ހިލާފަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާފައިވާ ބެނާއެއް ގައުމީ ސަލާމަތަށް ނުރައްކާވާ ސަބަބުން ނުވިސްނޭތީ އެކަން ސާފުކޮށްލުމަށް ކަމަށެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވެނީ މިއީ އަދުލުން ބޭރުން ގާނޫނާއި ޤަވާއިދާއި ހިލާފަށް އަޅާފައިވާ ފިޔަވަޅެއް ކަމުގައި. އަދި މި މަސައްލަ ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހަޅަން މާތްﷲ ހެޔޮ ތައުފީގު ދެއްވާށި،" ޒަމްޒަމް ވިދާޅުވި އެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި