1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މިސްކިތްތަށް މަރާމާތު ކުރެވޭނޭ ފަންޑު ހުންނަން ވާނެ: ކުރީގެ އިސްލާމިކް މިނިސްޓަރ

Dr.-Shaheem
އިބްރާހިމް އަހުމަދު
344ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މާލޭގެ މިސްކިތްތަށް މަރާމާތު ކުރާނެ ފަންޑު ހުންނަން ވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ އެޑްވައިޒަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް ވަނީ މިސްކިތްތައް މަރާމާތު ކުރުމަށް މާލެ ސިޓީ ކައުންސިލުގައި ފައިސާ ނެތިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ކަމަށް އޭނާގެ ޓުވީޓުގައި ބުނެފައިވެއެވެ.

ޝަހީމް ކުރެއްވި ޓްވީޓެއްގައި އިތުރަށް ވިދާޅުވީ ރާއްޖޭގެ މިސްކިތް ފަންޑުގައި ފައިސާ ހުންނަންވާނެ ކަމަށެވެ.

300 × 250

"އަދި މިސްކިތްފަންޑު ވަޤުފު ބިލްޑިންގ ދާރުލްއީމާނު ކުއްޔަށް އަހަރަކު ލިބޭ އެތައް މިލިއަން ރުފިޔާއަކީ މިސްކިތް ފަންޑަށް ލިބެންޖެހޭ ރުފިޔާ ކަން ވެސް  ޝަހީމް ފާހަގަ ކުރެއްވިއެވެ.

މިސްކިތްފަންޑުގެ ވަގުފު ބިލްޑިންގ ދާރުލްއީމާނުގެ ކުއްޔަށް އަހަރަކު ލިބޭ އެތައް މިލިއަން ރުފިޔާއަކީ މިސްކިތްތަކުގެ ފައިސާ ކަމަށާއި މި ފައިސާ އިން މިސްކިތްތަށް މަރާމާތު ކޮށް ބެލެހެއްޓުމަށް ބޭނުން ކުރުމަށް ސިޓީ ކައުންސިލާއި އިސްލާމިކް މިނިސްޓްރީ އަށް ވަނީ ގޮވާލާފައެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި