1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ފަރެސްމާތޮޑާގައި މަސް ފެކްޓްރީއެއް ތަރައްޤީކޮށްދިނުމަށް އެރަށު މަސްވެރިން އެދިއްޖެ

278800324_4363864293716233_5728518083812547178_n-pnqul1euyfelfe4dih4rclx8aowx9b9q78b0pben48
ފަރެސް މާތޮޑާގެ މަސްވެރިންނާއި އެކު ރައްޔިތުންގެ މަޖިލީހުގެ އިޤްތިސާދީ ކޮމެޓީއިން ބޭއްވި ބައްދަލުވުމުގެ ތެރެއިން
އައިޝަތު ޝިރުފާ
580ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ފަރެސްމާތޮޑާގައި މަސް ފެކްޓްރީއެއް ތަރައްޤީކޮށްދިނުމަށް އެރަށުގެ މަސްވެރިން އެދިއްޖެއެވެ.

އެރަށު މަސްވެރިންގެ މިގޮތަށް އެދިފައިވަނީ މަސްވެރިންގެ ކަންބޮޑުވުންތައް އޮޅުން ފިލުވުމަށް އިއްޔެ ރައްޔިތުންގެ މަޖިލީހުގެ އިޤްތިސާދީ ކޮމެޓީއިން ފަރެސްމާތޮޑާއަށް ޒިޔާރަތް ކުރުމުންނެވެ.

އިޤްތިޞާދީ ކޮމިޓީއިން ދެކުނަށް ކުރި ދަތުރުގައިވަނީ ކޫއްޑޫއަށް ޒިޔާރަތްކޮށް، ކޫއްޑޫ ފިޝަރީސް ކޮމްޕްލެކްސްގެ ބޭފުޅުންނާއިވެސް ބައްދަލުކޮށްފައެވެ.

300 × 250

އިގްތިސާދީ ކޮމިޓީއާއި މަސްވެރިންނާއެކު ބޭއްވި މި ބައްދަލުވުމުގައި އެރަށުގެ ގިނަ އަދަދެއްގެ މަސްވެރިން ވަނީ ބައިވެރިވެފައެވެ. އެގޮތުން މަސްވެރިންވަނީ އެމީހުންގެ ހުރި ކަންބޮޑުވުންތައްވެސް މި ބައްދަލުވުމުގައި ޙިއްސާކޮށްފައެވެ.

މަސްވެރިންގެ އެންމެ ބޮޑު އެދުމަކަށްވީ މަސް ކިރޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިގެންދިޔުމެވެ. އެގޮތުން އެރަށުގައި މަސް ފެކްޓްރީއެއް ތަރައްޤީކޮށްދިނުމަށް މަސްވެރިން ވަނީ އެދިފައެވެ. އެ ސަރަޙައްްދަކީ މަސްވެރިކަން ރަނގަޅު ހިސާބަކަށްވާތީ އެރަށުގައި މަސް ފެކްޓްރީއެއް ތަރައްޤީކުރުން ވެގެންދާނީ މަސްވެރިންނަށް މަސް ކިރުވުމަށް ވަރަށް ބޮޑަށް ލުޔަކަށް ވާނެކަމަށް ފަރެސްމާތޮޑާ މަސްވެރިން ވަނީ ފާހަގަކޮށްފައެވެ.

މަސްވެރިން ޙިއްސާކުރި ޚިޔާލުތަކަަކީ ރަނގަޅު ޚިޔާލުތަކެއް ކަމަށް ފާހަގަކޮށް އިގްތިސާދީ ކޮމިޓީން ވަނީ އެކަމަށް އެކޮމިޓީގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި