ޓައިމްސް މެގަޒިންގައި ދިވެހިރާއްޖެ އެންމެ ވަރަގަދަ ފަތުރުވެރިންގެ މަންޒިލްގެ ގޮތުގައި ފާހަގަވެއްޖެއެވެ.
ޓައިމްސްއިން ބުނެފައި ވަނީ މި ލިސްޓްގައި ހިމަނައިފައިވާ މަންޒިލްތަކަކީ ކޮވިޑް-19 ހާލަތާ ގުޅިގެން ޓޫރިޒަމް ޚިދުމަތްތައް ދިނުމަށް ތަފާތު ގޮތްގޮތް ހޯދައިގެން ހިދުމަތް ދީފައިވާ މަންޒިލް ތަކެއް ކަަމަށެވެ.
ރާއްޖެއަކީ، ވެކްސިން ފުރިހަމަ ކުރި ފަތުރުވެރިންނަށް ކަރަންޓީނުވާން ނުޖެހޭ ގޮތަށް ދަތުރު ކުރުމުގެ ފުރުސަތު ހުޅުވައިލި ޤައުމެއްގެ ގޮތުގައި ޓައިމްސް މެގަޒިންގައި ބުނެފައިވެއެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިންނަށް ވެކްސިން ފުރިހަމަ ކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރުމަށް ނިންމައިފައިވާކަން ވެސް އެ މެގަޒިންގައި ވަނީ ފާހަގަ ކޮށްފައެވެ.
ކޮންމެ އަހަރަކު އެމެރިކާގެ ޓައިމްސް މެގަޒިންއިން ނެރެމުން އަންނަ "ވޯލްޑް ގްރޭޓެސްޓް ޕްލޭސަސް”ގެ ލިސްޓުގައި މި އަހަރު ވަނީ ޤައުމުތަކުގެ އިތުރުން، ސިޓީތަކާއި އަވަށްތަކާއި ސަރަހައްދުތައް ވެސް ހިމަނައިފައެވެ.
މި މެގރާއްޖޭގައި އަލަށް ހުޅުވި ފަރި އައިލެންޑާއި ވެލާ ޕްރައިވެޓް އައިލެންޑުގެ އިތުރަށް ރާއްޖޭގައި ތަރައްގީ ކުރަން ފެށުމަށް ހަމަޖެހިފައިވާ ފްލޯޓިންގް ސިޓީގެ ވާހަކަވެސް މި މެގަޒިންގައި ފާހަގަކޮށްފައިވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.