މި އަހަރުގެ އޯލެވެލް އިމްތިހާނުގައި 5،939 ދަރިވަރުން ބައިވެރިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އޯލެވެލް އިމްތިހާން މިއަހަރު ކުރިއަށް ގެންދަން ނިންމާފައިވަނީ މެއި މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ޖޫން 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި އަހަރުގެ އޯލެވެލް އިމްތިހާންގައި ރާއްޖޭގެ 239 ސެންޓަރަކުން ބައިވެރިވާނެ ކަމަށެވެ. އަދި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ބެލުމުގެ ދަށުން ސްރީލަންކާގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގައި އާއި އަދި މެލޭޝިއާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި ހިންގާ ޕްރޮގްރާމުތަކުގައި ބައިވެރިވާ ދަރިވަރުން ވެސް ބައިވެރިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން އިތުރަށް ބުނީ އޯލެވެލް އިމްތިހާން ބާއްވާ ސެންޓަރުތަކަށް މިދިޔަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން އިމްތިހާން ޕޭޕަރު ފޮނުވަން ފަށާފައިވާ ކަމަށެވެ.