1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މިފްކޯއަށް އަލަށް ގެނައި ''ޖަޒީރާ ރީފާ''ގެ ފުރަތަމަ ދަތުރުގައި ތައިލެންޑަށް ފުރައިފި

Untitled-design-3-43-700x375
މިފްކޯއަށް އަލަށް ގެނައި "ޖަޒީރާ ރީފާ"
ޢަޒީޒާ އަފީފް
1,070ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖެއިން މަސް އެކްސްޕޯޓް ކުރަން މިފްކޯއަށް އަލަށް ގެނައި "ޖަޒީރާ ރީފާ" ގައި ފުރަތަމަ ދަތުރުގައި ތައިލެންޑަށް ފުރައިފިއެވެ.

މިފްކޯއިން ހާމަކުރިގޮތުގައި 2500 ޓަނުގެ ރީފާ ތައިލެންޑަށް ދަތުރު ފަށާފައި މިވަނީ މިމަހު 23 ވަނަ ދުވަހުގައެވެ. މިފްކޯގެ އަމިއްލަ އުޅަނދެއްގައި މަސް އެކްސްޕޯޓްކުރަން ފެށި ފެށުމަކީ ރާއްޖޭގެ މަސްވެރިކަމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމުގައި މިފްކޯއިން ދެކެއެވެ.

މިފްކޯއިން ބުނާގޮޮތުގައި މި އަހަރުގެ މިހާތަނަށް 24،500 ޓަނުގެ މަސް ގަނެވިފައިވާއިރު، މަސް ބޭރުކުރަން ބޭރުން ޗާޓަރުކޮށްގެން ހަތް ރީފާ އުޅަނދު ގެނެސްފައިވެއެވެ. އެހެންނަމަވެސް، "ޖަޒީރާ ރީފާ"ގެ ސަބަބުން މަސް އެކްސްޕޯޓްކުރުމަށް ކުރާ މަސައްކަތްތައް އަވަސްކުރެވި، ހަރަދުތައް ކުޑަ ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

300 × 250

ޖަޒީރާ ރީފާއަކީ އީޔޫ އާއި އައިއޯޓީސީގެ ބައިނަލްއަގުވާމީ މިންގަޑުތަކަށް ފެތޭ އުޅަނދެއް ކަމަށާއި، މަސް އެކްސްޕޯޓް ކުރުމުގެ އިތުރުން މަސް ރައްކާ ކުރުމަށް މި އުޅަނދު ބޭނުން ކުރެވޭނެ ކަމަށްވެސް މިފްކޯއިން ބުންޏެވެ.

މީގެއިތުރުން އެ ކުންފުނީގެ އަބަދުވެސް އަމާޒަކީ މަސް ގަނެވޭ މިންވަރު އިތުރުކޮށް، އެ މަހަށް ދުނިޔޭގެ ބާޒާރުން ލިބޭ އެންމެ ރަނގަޅު އަގު ހޯދައިދީ އޭގެ މަންފާ ދިވެހި މަސްވެރިންނަށް ފޯރުކޮށްދިނުން ކަމަށާއި، މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކޮށް މަސްވެރިންނަށް ފަސޭހަކޮށްދިނުން ކަމަށް މިފްކޯއިންވަނީ ބުނެފައެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި