1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހަޤީޤީ ދިރިއުޅުމުގައި- ރެޕަންޒިލް

1
ހުސައިން ޝިނާން
458ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހަޤީޤީ ދިރިއުޅުމުގައި ރެޕެންޒިލް އާއި ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް މިއީ ރެޕަންޒިލް ކަމުގައި ބެލެވިދާނެއެވެ.

ރެޕަންޒިލް ފަދަ ދިގު އިސްތަށިގަނޑެއް ލިބިފައިވާ އެމެރިކާގެ ވެސްޓް ވާޖިނިއާއަށް އުފަން މިފަރާތް، އޭނާގެ އިސްތަށިގަނޑު ދޮވެ ސާފުކޮށް ހިއްކަން ކޮންމެ ފަހަރަކު 10 ގަޑި އިރު ހޭދަކުރަންޖެހެއެވެ.

ކާޓޫން ފިލްމުން ގިނަބަޔެއްގެ ތެރެއަށް މަޝްހޫރުވެފައިވާ ދިގު އިސްތަށިގަނޑެއް ލިބިފައިވާ ރެޕަންޒިލްފަދަ ހަޤީޤީ ފަރާތެއް ކަމުގައި އެޕްރިލް ނަމަކަށް ކިޔާ މިއަންހެން މީހާ ވެފައި ވެއެވެ. ހަޤީޤީ ދިރިއުޅުމުގައި ރެޕްންޒިލް ނަމުން މަޝްހޫރުކަން ހޯދާފައިވާ އޭޕްރީލް، ސޯޝަލް މީޑިޔާގައި 9000 ފޮލޯވާސް ތިބެއެވެ. އެޕްރިލް އޭނާގެ ޕާސަނަލް ޕޭޖުގައި އޭނާގެ ދިގު އިސްތަށިގަނޑު ދައްކުވައިދޭ ތަފާތު ފޮޓޯތަށް ހިއްސާކޮސްފައިވެއެވެ،

300 × 250

2

އެޕްރިލް ބުނެފައިވާގޮތުން، އޭނާގެ ޕޭޖުގައި ހިއްސާކުރާ ކޮންމެ ފޮޓޯއަކީ ހުނަރުވެރި ތަފާތު މޮޅު ފޮޓޯއަކަށް ހެދުމަށް އަބަދުވެސް މަސައްކަތް ކޮށްފައި ވާނެއެވެ. އެޕްރިލްގެ ދިގު އިސްތަށިގަނޑު ގިނަ ބަޔެއްގެ ސަމާލުކަން ހޯދާފައިވާއިރު، ގިނަ އަދަަދެއްގެ ފަރާތެއް އޭނާގެ އިސްތަށިގަނޑު ބުރިކޮށްގެން ގަތުމަށް ބޮޑު އަގު ހުށަހަޅާފައި ވެއެވެ.

3

އޭޕްރިލް ބުނެފައިވާ ގޮތުން، ކުޑައިރު އޭނާގެ ބޮލުގެ އިސްތަށިގަނޑު ފެޅީ ވަރަށް ލަހުންނެވެ. އިސްތަށިގަނޑު ބަލިކަމުން، އެއްކޮށް ބޯތަލަ ގޮތަށްވެސް ސިފަވެގެން ދިޔައެވެ. ދިގު އިސްތަށިގަނޑެއް ލިބުމަކީ ކުޑައިރުވެސް ވަރަށް ބޭނުންވި ކަމެއްގެ ގޮތުގައި އެޕްރިލް ބުނެފައި ވެއެވެ.

4

ސްކޫލް ދުވަސްވަރުގައިވެސް، ކުރުކޮށް ބޯކޮށާފައި، ބެހެއްޓުން ފެށަނަކަށް ވެފައި ވީއިރުވެސް، އަދި ގިނަ ރައްޓެހިން ބޯކުރުކޮށް ކޮށުމަށް ބުނުމުންވެސް، އެޕްރިލް ވަނީ ބޯކޮށަން ދެކޮޅު ހަދާފައެވެ.

300 × 250

5

ހައި ސްކޫލްގައި ކިޔެވަމުން އައި ދުވަސްވަރު އެޕްރިލް، މިހާރުގެ ފިރިމީހާ އާއި ލޯބީގެ ގޮތުން ގުޅެއެވެ. އެޕްރިލްގެ ދެމަފިރިންނަށް ކުއްޖެއްވެސް ލިބިފައިވެއެވެ. ހައި ސްކޫލް ދުވަސްވަރު، ލޯބިވެރިޔާ އެކުގައި ރެސްޓޯރަންޓަކަށް ކާން ދިޔުމުންވެސް،، އެޕްރިލްގެ އިސްތަށިގަނޑު ގިނަ ބަޔެއްގެ ސަމާލުކަމަށް އާދެއެވެ.

ގިނަ ބަޔެއްގެ ތައުރީފާއި، ސަމާލުކަން އެޕްރިލްގެ އިސްތަށިގަނޑަށް ލިބިފައިވެއެވެ. އަދި ބައްދަލުވާ ގިނަ އަދަދެއްގެ ބަަޔަކު، އިސްތަށިގަނޑު ދޮވެ ސާފުކޮށް ބަލައްހައްޓާ ގޮތަކާއި ގުޅޭގޮތުން ސުވާލުކުރެއެވެ. އެޕްރިލްގެ ޖަވާބަކީ މުޅި އިސްތަށިގަނޑު ދޮވެ ހިއްކައި ފުނާ އެޅުމަށް 10 ގަޑި އިރު ނަގާކަމަށް އެޕްރިލް ބުނެއެވެ.

 

 

 

 

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި