މޯލްޑިވްސް ޓްރޭޑް ޔޫނިއަނުން އިސްނަގައިގެން މަސައްކަތްތެރިންގެ ހައްޤު ހޯދުމަށް މިއަހަރު މަސައްކަތްތެރިންގެ ދުވަހު ހާއްސަ އެއްބަސްވުމެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މިއެއްވުމާއި ބެހޭގޮތުން މީޑީޔާއަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ޓްރޭޑް ޔޫނިއަނުން ބުނެފައިވަނީ މަސައްކަތްތެރިންގެ ހުރި ކަންބޮޑުވުންތަކުގެ އަޑު އުފުލުމަށްޓަކައި ލިބޭ އެންމެ ފަހި ފުރުސަތަކީ މަސައްކަތް ތެރިންގެ ދުވަސް (މޭޑޭ) ކަމަށާއި މަސައްކަތްތެރިންގެ އަޑު އުފުލުމަށް މިއަހަރުގެ މަސައްކަތް ތެރިން ދުވަހު ޚާއްސަ އެއްވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިއަހަރުގެ މޭޑޭގައިވެސް މާލޭގެ ރަސްފަންނު ހިމެނޭ ސަރަހައްދުން ހެންވޭރު ކާނިވާ ސަރަހައްދާއި ހަމައަށް މިހިނގާލުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިހިނގާލުމުގައި ރާއްޖޭގައި މަސައްކަތް ކުރާ ދިވެހި މަސައްކަތްތެރިންނާއި، ބިދޭސީ މަސައްކަތްތެރީންވެސް ބައިވެރިވުމަށް ވަނީ ދައުވަތު ދީފައެވެ. އަދި މިއީ މަސައްކަތް ތެރީން އެމީހުންގެ އަޑު އުފުލުމަށް ބާއްވާ ސުލްހަވެރި ހިނގާލުމެކެވެ.
މީގެ ކުރިންވެސް މާލޭގައި މޭޑޭ ފާހަގަ ކުރުމަށް ބޮޑެތި އެއްވުންތައް ބާއްވާފައިވެއެވެ. މަސައްކަތް ތެރިންގެ ހައްގުތައް ހޯދުމަށް ބޭއްވި މިއެއްވުންތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއްވުމަކީ ރައީސް ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރު ބޭއްވި މޭޑޭ މުޒާހަރާއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.