ގޫގުލް ކްރޯމްއަށް ނުރައްކާތެރި ސައިބާ އެޓޭކެއް ކުރިމަތިވެ ކްރޯމް ކުރެވިފައިވާ ކަމަށް ގޫގުލްއިން ބުނެފިއެވެ.
ގޫގުލް ކުންފުނިން ނެރުނު ބަޔާނެއްގައި ބުނާގޮތުން ގޫގުލް ކްރޯމް ހެކް ކުރުމާއެކު އެ ސޮޕްޓްވެއާގައި ހުރި ސެކިއުރިޓީގެ ގިނަ މައްސަލަތަކެއް ފާހަގަ ކުރެވިފައިވެއެވެ. އެގޮތުން ފާހަގަ ކުރެވުނު 30 މައްސަލައިގެ ތެރެއިން ހަތް މައްސަލައަކީ ވަރަށް ނުރައްކާ މައްސަލަތަކެކެވެ.
އެކުންފުނިން ހާމަކުރިގޮތުގައި ހެކަރުން ކްރޯމް ހެކްކުރުމުން ލިބިފައިވާ ގެއްލުންތަކުން އަރައިގަނެވޭނީ ވަރަށް މަސައްކަތުންނެވެ. އެގޮތުން އެ މައްސަލަތައް ހައްލުކޮށް އާ އަޕްޑޭޓެއް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ނެރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެކުންފުނިން ބުނެފައިވެ އެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.