އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ދިވެހި ރާއްޖޭގެ ދާޚިލީ ވަޒީރު ޢަބްދުﷲ ޝާހިދު އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ.ގެ މައި މަރުކަޒުގައި،

މިއަދު އިމާމުވެ ހުކުރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހިރާއްޖޭގެ ހާރިޖީ ވުޒާރާއިން އިއްޔެ ހާމަކޮށްފައިވާ ގޮތުގައި މިއީ އދގެ އާންމު މަޖިލިހުގެ ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅަކު އެ އިދާރާގައި އިމާމުވެ ހުކުރު ކުރައްވާ ފުރަތަމަ ފަހަރު ކަމަށެވެ.

އދ.ގެ މައިމަރުކަޒުގައި މަސައްކަތްކުރަމުން އަންނަ ހުރިހާ މުސްލިމް މުވައްޒަފުންނާއި، މުސްލިމް ގައުމުތަކުގެ މަންދޫބުން ކޮންމެ ހުކުރަކު ޖަމާއަތުގައި ހުކުރު ނަމާދު ކުރައްވާކަމަށް ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

ނިއުޔޯކަށް ހުކުރު ވަގުތު ވަނީ ރާއްޖެ ގަޑިން މާދަމާ ރޭ 22:00ގައެވެ. ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރުކަން ވެސް ކުރައްވާ ޝާހިދު އދ.ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގަތީ ފާއިތުވީ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ.