1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރައީސް ނަޝީދު އިންޑިޔާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރާއި ބައްދަލުކުރައްވައިފި

Nasheed with Indian Security advisor1
ސާއި ޢަލީ
673ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ދޮވަލްއާ ބައްދަލުކުރައްވައިފިއެވެ. ރައީސް ނަޝީދުގެ އިންޑިޔާގެ މިދަތުރުފުޅަކީ، އިންޑިއާގެ ނިއުދިއްލީގައި ބާއްވާ ހަތް ވަނަ ރައިސިނާ ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. ރައިސިނާ ޑައިލޮގްއަކީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އާއި އޮގްޒާވާ ރިސާޗް ފައުންޑޭޝަން ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ބައިނަލްއަޤުވާމީ ކޮންފަރެންސެކެވެ.

ރައީސް ނަޝީދު މި ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ފޮރިން މިނިސްޓަރު ޖެއިޝަންކަރު އަދި އިންޑިއާގެ ޤާނޫނު ހަދާ މަޖިލިސް، ލޮކް ސަބާގެ ރައީސް އޯމް ބާރލާއާވެސް ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި ޗައިނާއަށް ދައްކަންޖެހޭ ދަރަނިތައް ހުރިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް ދިމާވާ ގޮންޖެހުންތަކާ ގުލޭ ތަފާތު މަޝްވަރާތައްވެސް ކުރިޔަށް ގެންދެވިފައިވެއެވެ.

މީގެ އިތުރުންވެސް، އިދިކޮޅު ޕީޕީއެމް އިން އިސްނަގައިގެން ގުރިޔަށްގެންދާ "އިންޑިއާ އައުޓް" ޙަރަކާތުގެ ފަހަތުގައި ޗައިނާ އޮތް ކަމަށް ރައީސް ނަޝިދު ތުހުމަރު ކުރައްވާފައިވެއެވެ. މިކަމާއި ގުޅޭގޮތުން ރައީސް ނަޝީދުވަނީ، އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު، ދޮވަލްއާއެކު މަޝްވަރާކުރައްވާފައެވެ. ޗައިނާގެ ބައިވެރިވުން އެ ޙަރަކާތުގައި އިތުރުވަމުންދާ ދިޔުމާއި ބެހޭ ގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

300 × 250





300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި