ގއ.ވިލިނގިލީގައި ދެ ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހިނގައިފިއެވެ.

މިރޭ 19:00 ގައި ހިނގާދިޔަ އެކްސިޑެންޓުގައި ދެޒުވާނަކަށް އަނިޔާތަކެއް ވަނީ ލިބިފައެވެ. ސައިކަލް ދުއްވަން އިން ދެޒުވާނެއްގެ ބޮލަށް އަނިޔާ ވުމުގެ ސަބަބުން އެދެމީހުންނަށް ދަނީ ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުުންނެވެ. މައުލޫމާތު ލިބުނުގޮތުގައި ޖީއެން ދެސައިކަލް ޖެހި މިއެކްސިޑެންޓު ހިނގާފައިވަނީ ވިލިނގިލީ ބީއެމްއެލް ބްރާންޗު ކައިރީގައެވެ.

މިމައްސަލަ ފުލުހުންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.