1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އޮސްޓްރޭލިއާ އެވޯޑްސްއިން ތަމްރީން ލިބެމުންދާ ދާއިރާތަކުން ގައުމު ތަރައްޤީވުމުގެ އުއްމީދު އާވޭ: މިނިސްޓަރ

279909286_2148230325355664_6607043854483554789_n
އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަރޝިޕް ފެއާވެލް ރިސެޕްޝަންގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހިމް ހަސަން ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ހަޔާއެޑިއުކޭޝަން
ޢަޒީޒާ އަފީފް
589ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އޮސްޓްރޭލިއާ އެވޯޑްސްއިން ތަމްރީން ލިބެމުންދާ ދާއިރާތަކުން ގައުމު ތަރައްގީވުމުގެ އުއްމީދު އާވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ. އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަރޝިޕް ފެއާވެލް ރިސެޕްޝަން ޝަރަފުވެރިކޮށްދެއްވައި ސްކޮލަރޝިޕަށް ހޮވުނު ފަރާތްތަކަށް މަރުހަބާވިދާޅުވެ ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ބަލިމަޑުކަމެއްގެ ތެރެއިން ރާއްޖެ އަރައިގަންނަމުންދާއިރު ބޭރުގެ ގައުމަކަށް ތައުލީމު ހާސިލު ކުރަން ދިއުމަށްފަހު އެނބުރި އަންނައިރު އުއްމީދުތަކެއް ކުރައްވާ ކަމަށެވެ. ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގައި ހިއްސާވުމަށްޓަކައި އެނބުރި އައިސް އެކި ދާއިރާތަކުގައި ބައިވެރިވެ ،ދާއިރާތަކުން އިތުރު ޢިލްމީ، ހުނަރުވެރި ފަރާތްތައް ފެނިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިތަނަށް ބަލާލިއިރު އަޅުގަނޑަށް ފެންނަނީ އުންމީދީ މަންޒަރު. އަޅުގަނޑަށް އެބަ ފެނޭ، މާދަމާގެ ލޯ އެންފޯސްމަންޓް އޮފިސަރުންނާއި، އިންޖިނިއަރުންނާއި، އައި.ޓީ އެކްސްޕާޓުންނާއި، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކާއި، މެޑިކަލް ޕްރޮފެޝަނަލުންނާއި، ސޯޝަލް ވޯކަރުންނާއި، ލޯޔަރުންނާއި، އަދި މިނޫންވެސް މުސްތަގުބަލުގައި ހެޔޮ ބަދަލަށް މަސައްކަތް ކުރާނެ  ފަރާތްތައް" މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ  އޮސްޓްރޭލިއާގެ ކޮލިފިކޭޝަންތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކޮށްލެވޭ ކޮލިފިކޭޝަންތަކެއް ކަމަށެވެ.

300 × 250
"އޮސްޓްރޭލިޔާއަކީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ ސަގާފަތް ތައް އެކުލެވޭ ގައުމު. އެގައުމަށް ހިޖުރަކުރާ މީހުންނަކީ އޮސްޓްރޭލިޔާގެ އާބާދީގެ ހަތަރުބައިކުޅަ އެއްބައި މީހުން. އޮސްޓްރޭލިއާއިން ސަގާފީ އަދި ތައުލީމީ ތަޖުރިބާގެ މުއްސަނދިކަން ތަޖުރިބާކޮށްލަން ތައްޔާރުވެ، އެ ތަޖުރިބާއަށް ޔުނިވަރސިޓީގައި ދުވަސްތައް އެންމެ ފުރިހަމަގޮތުގައި ކުރިއަށް ގެންދަވަންވީ. " މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ މަތީ ތަޢުލީމުގެ ދާއިރާ ފުޅާކޮށް ޑައިވަރސިފައި ކުރުމަކީ، ރާއްޖެއަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. ޓެކްނިކަލް ދާއިރާތަކުން ހުނަރުވެރިން ލިބުމުގެ ދަތިކަން އިންތިހާއަށް ބޮޑު ކަމަށާއި މި ފަރަގުން އަރައިގަތުމަށް  ބޭނުންވާ ކަމަށް ވިދާޅުވި އެވެ. ރާއްޖޭގައި ސާނަވީ ތަޢުލީމު ފުރިހަމަކުރާ ޒުވާނުންގެ އަދަދު ވަރަށްބޮޑަށް އިތުރުވެފައިވާ ކަމަށާއި މިއާ އެކު މަތީ ތައުލީމާއި ތަމްރީނު ހޯދަން ބޭނުންވާ ޒުވާނުންގެ އަދަދު ވެސް މައްޗަށް ގޮސްފައިވާ ކަމަށް ފާހަނގަކުރެއްވިއެވެ. މީގެއިތުރުން މި ހާލަތަކީ، އަދުގެ މަސައްކަތްތެރިންނަށް ރަނގަޅު ފެންވަރުގެ މަތީ ތައުލީމުގެ ޕްރޮގްރާމްތައް ފޯރުކޮށްދިނުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވާ ހާލަތެއް ކަމަށާއި މަތީ ތައުލީމު ޙާޞިލުކުރާ ފަރާތްތަކަށް، އެންމެބޮޑު ބުރައެއް އުފުލަންޖެހިފައިވަނީ މާލީ ދަތިތަކާއި، ގައުމުގައި މަތީ ތައުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތައް މަދުވާތީ ކަމަށް  މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ ބަރޯސާވެފައި ތިބީ ސްކޮލަރޝިޕްތަކުގެ މައްޗަށް ކަމަށާއި  އެއީ  ރައްޔިތުންނަށް އިތުރު ތަޢުލީމީ ފުރުޞަތުތައް ފަހިކޮށްދޭ ސްކޮލަރޝިޕްތަކެއް ކަމަށެވެ. އަދި މިފަދަ ފުރުޞަތުތަކުގެ ސަބަބުން،ގިނަ ސަގާފަތްތަކެއް އެކުލެވޭ މާޙައުލެއްގައި ފިލާވަޅު ލިބިގަނެ، އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެކަން ފާހަނގަކޮށްލިއެވެ. އެއީ މިހާރަށްވުރެ ޢަދުލުވެރި މުޖުތަމަޢަކަށް ވުމަށްޓަކައި، އެކްސްޕްލޯކޮށް، ދަމަހައްޓަންޖެހޭ ވަރަށް މުހިންމު ލިންކެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 1974 ވަނަ އަހަރު އޮސްޓްރޭލިޔާއާއި ރާއްޖެއާ ދެމެދު ދެޤައުމުގެ ގުޅުން ގާއިމުކުރެވުނު ފަހުން، އޮސްޓްރޭލިޔާއިން ވަނީ ރާއްޖޭގެ އިންސާނީ ތަރައްޤީއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައި ކަމަށާއި މިކަން މައިގަނޑު ގޮތެއްގައި ހާޞިލުކުރެވިފައިވަނީ އޮސްޓްރޭލިއާ އެވޯޑްސް އާއި އެހެނިހެން ސްކިލް ބިލްޑިންގ ސްކޮލަރޝިޕްތަކުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޑރ.އިބްރާހިމް ހަސަން ވިދާޅުވާ ގޮތުގައި ކިޔަވައިގެން  އެނބުރި އަންނަ ދަރިވަރުންގެ ސަބަބުން ވަރަށް ގިނަ އިންޑަސްޓްރީތަކުގައި، ހާއްސަކޮށް ފައިނޭންސް އަދި މެނޭޖްމަންޓް ފަދަ ދާއިރާތަކުގައި މީގެ ކުރިން މިންތީގެ އިމްބެލެންސް ފާހަގަކުރެވުނު ދާއިރާތަކަށް ވަރަށް ބޮޑު އަދި ހެޔޮ އަސަރުތަކެއް ވަނީ ކޮށްފައެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ސްކޮލަރޝިޕްގެ މި ބުރުގައިވެސް، ސްކޮލަރޝިޕް ލިބޭ 20 ފަރާތުގެ ތެރެއިން 12 ފަރާތަކީ އަންހެން ބޭފުޅުން" މިނިސްޓަރ ވިދާޅުވި އެވެ.

މި ސްކޮލަރޝިޕްތަކުގެ ސަބަބުން ތަޢުލީމީ ދާއިރާއަށް ބޭނުންވާ އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް ވެސް އެހީތެރިކަން ލިބި، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ގިނަ ދާއިރާތަކަކުން ތަމްރީނާއި އެހީތެރިކަން ބޭނުންވާއިރު، މި ސްކޮލަރޝިޕްތަކުގެ ސަބަބުން ތަޢުލީމީ ދާއިރާއަށް ވަރަށް ބޮޑު އެހީތެރިކަމެއް ވަނީ ލިބިގެން ގޮސްފައި ކަމަށް ޑރ.އިބްރާހިމް ހަސަން ވިދާޅުވިއެވެ. އެހެންކަމުން، އޮސްޓްރޭލިއާ އެވޯޑްސް މެދުވެރިކޮށް، އިންސާނީ ތަރައްޤީއަށް ބޭނުންވާ ކަންކަން ކުރުމުގައި، ދިވެހި ސަރުކާރުގެ ފަރާތުން އޮސްޓްރޭލިއާ ސަރުކާރާއި ރައްޔިތުން ކޮށްދެއްވި މަސައްކަތްޕުޅުތަކަށްޓަކައި، އޮސްޓްރޭލިއާ ސަރުކާރަށާއި ރައްޔިތުންނަށް މިނިސްޓަރ ވަނީ ޝުކުރު ދަންނަވާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި