1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އިޒްރޭލުން ދިން ހަމަލާއެއްގައި އަލްޖަޒީރާގެ ނޫސްވެރިއަކު މަރުވެއްޖެ

Shereen-Abu-Aqleh-768x432
މަރުވި އަލްޖަޒީރާ ނޫސްވެރިޔާ ޝީރީން
އައިޝަތު ޝިރުފާ
356ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިޒްރޭލުން ދިން ޙަމަލާއެއްގައި އަލްޖަޒީރާގެ ނޫސްވެރިއަކު މަރުވެއްޖެއެވެ.

މި ޙަމަލާ ދީފައިވަނީ އިޒްރޭލުގެ ބެލުމުގެ ދަށުގައިވާ ފަލަސްތީނުގެ ވެސްޓްބޭންކުގެ ސަރަހައްދުގައެވެ. މި ހަމަލާގައި މަރުވެފައިވަނީ އަލްޖަޒީރާ ނޫސްވެރިއެއް ކަމަށްވާ ޝީރީން އަބޫ އަކްލޭ އެވެ. އޭނާ މަރުވެފައިވާކަން ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ވަނީ ޔަގީންކޮށްދީފައެވެ.

ޝީރީން މަރުވެފައިވަނީ ބަޑިން ހަމަލާދީ ލިބުނު ސީރިއަސް ޒަޚަމްތަކަށް ފަރުވާކުރުމަށް ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

300 × 250

އަރަބި ބަހުން ފަލަސްތީނުގެ ޚަބަރުތައް ގެނެސްދޭ ޝީރީން އަށް ހަމަލާދިން އިރު، އޭނާއަކީ އިޒްރޭލުގެ ބެލުމުގެ ދަށުގައިވާ ފަލަސްތީމުގެ ޙަބަރުތައް ގެނެސްދިނުމުގައި ހަރަކާތްތެރިވާ އަލްޖަޒީރާ ނޫސްވެރިއެކެވެ.

އަދި އޭނާ ވަނީ އިސްރާއިލް ފަލަސްތީނު މައްސަލައިގެ ޚަބަރުތައް ފާއިތުވި 15 އަހަރު ކަވަރު ކޮށްފައެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި