އާ ބާރަކާއެކު އެމްޑީޕީގެ ހުރިހާ މެމްބަރުން ނުކުމެ ވޯޓު ލުމަށް އެމްޑީޕީ ޗެއާޕާސަން ކަމަށް ކުރިމައްލައްވާ ދެ ކެންޑިޑޭޓުން ގޮވާލައްވައިފިއެވެ.
މިއަދު ހެދުނު 9:00 ގައި ފެށިގެން ކުރިޔަށް ގެންދާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވޯޓުލުން ވަރަށް ފޯރިއާއެކު ދަނީ ކުރިޔަށެވެ. މިއިންތިހާބުގައި މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އާއި ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވަނީ ވޯޓު ލާފައެވެ.
މިއިންތިޚާބުގައި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީއެވެ. މިދެބޭފުޅުންނަކީ ރައީސް ނަޝީދު އަދި ރައީސް ސޯލިހުގެ ދެފެކްޝަނުގެ ދެބޭފުޅުންނެވެ. އެހެންކަމުން މިއިންތިޚާބް ވެގެންދަނީ ވަރަށް ވާދަވެރި އިންތިޚާބަކަށެވެ.
ފިތުނަޔާއި ނަފްރަތުން އެކަހެރިވެ އެންމެން އެކުވެ ދިވެހިރާއްޖެއަށް ހަމަޖެހުމާ ތަރައްގީ ގެނެސްދޭ އާރުކާޓީންނަށް ވުމަށާއި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް މިނިސްޓަރ ފައްޔާޒު ވަނީ ގޮވާލާފައެވެ.
ހަމމައެއާއެކު އެމްޑީޕީ ގޯސް މިސްރާބަކަށް ގެންދިޔަ ނުދިނުމަށް ހުރިހާ މެމްބަރުން ނިކުމެ ވޯޓު ލުމަށް އިންތި ވަނީ ގޮވާލާފައެވެ.
އިމްތިޔާޒު ވިދާޅުވެފައި ވަނީ އެމްޑީޕީ ގޯސް މިސްރާބަކަށް ގެންދިޔަ ނުދިނުމަށް ހުރިހާ މެމްބަރުން ނިކުމެ ވޯޓު ލުމަށެވެ. އަދި މިއީ ވަރަށް ގިނަ ބައެއްގެ ވަރަށް ގިނަ ދުވަހުގެ، ވަރަށް ގިނަ މަސައްކަތާ ގުރުބާރީން ނަގާ ކޮޅަށްޖެހުނު އިސްލާހީ ހަރަކާތެއް ކަމަށް އިންތި ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިތުރުން މިއިންތިޚާބުގައި އަންހެނުންގެ ރޫހުގެ ރައީސާ ކަމަށާ ޒުވާނުންގެ ހިތްވަރުގެ ރައީސް ކަމަށް މެންބަރަކު އިންތިހާބު ކުރެވިގެންދާނެއެވެ.
ޗެއާޕާސަން ހޮވުމަށް 94،211 މެމްބަރުންނަށް ވޯޓު ލުމުގެ ހައްގު ލިބޭއިރު އަންހެނުންގެ ރޫހުގެ މަގާމުތަކަށް ބޭފުޅުން ހޮވުމަށް 41،027 މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. އަދި ޔޫތު ވިންގަށް ބޭފުޅުން ހޮވުމަށް 32،057 މެންބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.