ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އައު ރައީސަކަށް ޝައިޚް މުހައްމަދު ބިން އަލް-ޒައިދު އިންތިޚާބުކޮށްފިއެވެ.
ޔޫއޭއީގެ ރައީސަކަށް ޒައިދު އިންތިޚާބުކޮށްފައި މިވަނީ އެގައުމުގެ ރައީސް ކަމުގެ މަގާމު ކުރިން ފުރުއްވި ޚަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވުމާއި ގުޅިގެންނެވެ.
ޝެއިޚް މުހައްމަދު ބިން އަލް ޒައިދުގެ އެއްބަފާ ބޭބޭފުޅު ޝެއިޚް ޚަލީފާ ދިގުމުއްދަތެއްވަންދެން އާލާސްކަންފުޅާ އުޅުއްވަން ޖެހިވަޑައި ގަތުމާއި ގުޅިގެން ގައުމު ހިންގެވުމާއި ޝެއިޚް މުހައްމަދު ބިން އަލް ޒައިދުއާ ވަނީ ހަވާލުކުރައްވާފައެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޝެއިޚް މުހައްމަދު ބިން އަލް ޒައިދު ޔޫއޭއީގެ ރައީސްކަމަށް އައްޔަން ކޮށްފައިވަނީ އެގައުމުގެ ފެޑެރަލް ސުޕްރީމް ކައިންސިލް އިންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.