ރ.އަތޮޅު ރިސޯޓެއްގެ އިމާރާތެއްގެ މަތިން ވެއްޓި ޒުވާނަކު ނިޔާވެއްޖެއެވެ.
މިހާދިސާއާޢި ގުޅިގެން ފުލުހުން ވިދާޅުވީ، ރ.އަތޮޅު ރިސޯޓެއްގައި އިމާރާތެއްގެ ހަތަރުވަނަ ފަންގިފިލާއިން މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ރޭ 12:50 ހާއިރު ލިބިފައިވާ ކަމަށާއި، ވެއްޓިފައިވަނީ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.
ފުލުހުން ވިދާޅުވީ،އޭނާ އުނގޫފާރު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. ނިޔާވެފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.