1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ލޯންޗު ހާދިސާގައި ހާލު ސީރިއަސްވި ތިން މީހުން މާލެ ފޮނުވައިފި, އެކަކު ވެންޓިލޭޓަރުގައި

56478930283765236232423-1024x585
ލޯންޗް އެކްސިޑެންޓްގައި އަނިޔާވި މީހަކު ފަރުވާއަށް މާލެ ގެންނަނީ - ފޮޓޯ: އެމްއެންޑީއެފް
ސާއި ޢަލީ
749ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގއ.ވިލިނގިލީ ފަޅަށް ވަންނަން އުޅުނު ލޯންޗެއް އެރަށު ނެރު ފައިކަށީގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާވި ތިން މީހުން މާލެ ފޮނުވައިފިއެވެ.

ގއ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ ތިން މީހުން މާލެ ފޮނުވާލާފައިވަނީ، ރޭ ދަންވަރު 2:30 ހާއިރު އިރުއެވެ.

ތިން މީހުންގެ ބޮލަށާއި މޫނުމައްޗަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ. މާލެ ފޮނުވިއިރުވެސް ތިން މީހުންގެ ހާލު ސީރިއަސްއެވެ. އޭގެތެރެއިން އެކަކު މާލެ ގެނައި އިރުވެސް އޮތީ ވެންޓިލޭޓަރުގައެވެ.

300 × 250

https://huvadhoomedia.com/25121/

ނުރައްކާތެރި މި ހާދިސާގައި ދެމީހަކު ވަނީ މަރުވެފައެވެ. މިހާދިސާއާ ގުޅިގެން މުޅި ވިލިނގިއްޔަށް ސިހުން ގެނުވާފައިވާއިރު، ރައްޔިތުން ތިބީ ވަރަށް ބޮޑު ޝޮކެއްގައެވެ.

ރޭ އިރާކޮޅު ހިނގި މި ހާދިސާގައި މަރުވީ ވިލިނގިލި ދޫރެސް، މިސްބާހް އަބްދުލް މުހުސިނާއި ނ.ލަންދޫ އުރަހަ، މުހައްމަދު ޝާފިއުއެވެ. މިސްބާހް އަކީ ލޯންޗްގެ ވެރި މީހާ އެވެ. އޭނާއަކީ އެރަށު ހޮސްޕިޓަލްގައި މަސައްކަތް ކުރާ މީހެކެވެ. މިހާދިސާ ހިނގިއިރު ލޯންޗުގައި ތިބީ ފަސް މީހުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި