1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ބާއްވަން ނަޝީދު ހުށަހަޅައިފި

Nasheed
ހުވަދޫ ނިއުސް ޓީމް
309ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިފިއެވެ.

އެކަން ހާމަކޮށް މެސެޖެެއް ނަޝީދު ފޮނުއްވާފައިވަނީ މަޖިލީސް މެންބަރުން ހިމެނޭ ވަޓްސްއެޕް ގުރޫޕަކަށެވެ.

މަޖިލީހުގެ މެންބަރުންތަކެއް ވަނީ އެފަދަ ހުށަހެޅުމެއް ރައީސް ނަޝީދު ހުށަހެޅުއްވިކަން ކަށަވަރުކޮށްދީފައެވެ.

300 × 250

ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ނަޝީދު ހުށަހަޅުއްވާފައިމިވަނީ، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރަންޖެހޭ ކަމަށް އެމްޑީޕީ ގައުމީ މަޖިލީހުގެ ގުރޫޕަށް މެސެޖެއްގައި ގޮވާލައްވާފައިވަނިކޮށެވެ.

އަދި އެމަނިކުފާނަށް އަމާޒުކޮށް ދީފައިވާ ބޮމުގެ ހަމަލާ ދޭން ރޭވި ގޮތުގެ މައުލޫމާތުވެސް ފުލުހުން ހާމަކޮށްފައިވަނިކޮށެވެ.

އަދި ރައީސް ނަޝީދުވަނީ ހަރުކަށި ފިކުރުގެ މީހުން "ގަނޑުކޮށް" އައްޔަރު ކުރަން ގާނޫނީ ހުރަސްތަކެއް ހުރި ކަަމަށްވެސް ވިދާޅުވެފައެވެ.

މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ އެމަނިކުފާނު އަވަހާރަކޮށްލުމަށް ދީފައިވާ ބޮމުގެ ހަމަލާގެ ތަހުގީގަށް މިހާތަނަށް 10 ފަރާތެއް ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން 4 މީހަކަށް ދައުވާކޮށްދިނުމަށް އެދި ވަނީ ހުށަހަޅާފައެވެ. އަދި އެމަނިކުފާނަށް ހަމަލާ ދިނުމަށް ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ފަރާތެއް ހައްޔަރުކުރެވިފައިވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި