1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

" މަދިރި ހޯހޯ" އޭއެސްއެމްއެޗް އިން ތިނަދޫގެ މުއައްސަސާތަކާއި ބައްދަލުކޮށްފި

3CD381D4-23C9-46F8-81B2-9EB1A452FEAF
ޑރ.އޭއެސްއެމްއެސް އިން މަދިރި ހޯހޯ ނަމުގައި ޕްރޮގްރާމެއް ހިންގުމަށް ރަށުގެ ބައެއް މުއައްސަސާތަކާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން. ހުވަދޫ ފޮޓޯ/ޔާމީން ވަހީދު
އައިޝަތު ޝިރުފާ
421ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް ތިނަދޫގައި  "މަދިރި ހޯހޯ" ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އެރަށު މުއައްސަސާތަކާއި ބައްދަލުކޮށްފިއެވެ.

މި ބައްދަލުވުން ކުރިއަށް ގެންދިޔައީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ތިނަދޫ ކެމްޕަހުގައެވެ. މި ބައްދަލުވުމުގައި ތިނަދޫގެ ބައެއް މުއައްސަސާތަކާއި، ޖަމިއްޔާ ޖަމާއަތްތަކުގެ އިސްވެރިންނާއި، ވިޔަފާރިވެރިން ވަނީ ބައިވެރިވެފައެވެ.

31486A3B-0669-4A07-87BF-0841519A8CF0ޑރ.އޭއެސްއެމްއެސް އިން މަދިރި ހޯހޯ ނަމުގައި ޕްރޮގްރާމެއް ހިންގުމަށް ރަށުގެ ބައެއް މުއައްސަސާތަކާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން. ހުވަދޫ ފޮޓޯ/ޔާމީން ވަހީދު

300 × 250

ޑރ.އޭއެސްއެމް ހޮސްޕިޓަލުން ބުނީ މަދިރި ހޯހޯ ގެ ނަމުގައި އެހޮސްޕިޓަލުން ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށާއި، މި ޕްރޮގަރާމަކީ ޖޫން ޖުލައި ވިއްސާރައާއި ގުޅިގެން މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް އިތުރުވަމުން ގޮސްދާނެ ކަމަށް ބަލައި ގައުމީ ފެންވަރުގައި ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށްގެންދަނީ ޑރ.އޭއެސްއެމްއެޗް އާއި، ތިނަދޫ ޑަބްލިޔުޑީސީއާއި، ކައުންސިލްގެ އިދާރާ ގުޅިގެންނެވެ.

މިއަހަރު ކުރިއަށްގެންދާ ޕްރޮގްރާމުގައި އެކި އެކަމާއި ގުޅޭ އެކި ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އަންނަ ހުކުރު ދުވަހު މުޅި ރަށް ސާފު ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް ފަށާނީ ހުކުރު ދުވަހުގެ ހެނދުނު 5:45 އިން ފެށިގެން 8:00 އަށް ކަމަށް ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. އެގޮތުން ރަށުގެ ފަޅުގޯތިތަކާއި، ފެންހަރުލާފައި ހުންނަ ތަންތަން ސާފުކުރުމަށް ވަނީ ހަމަޖެހިފައެވެ.

 

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި