ކުރިއަށްއޮތް 5 އަހަރު ދުވަހުގެ ތެރޭގައި އަށްޑިހަ ހާސް ވަޒީފާ އިތުރުކުރުމަށް ދެކުނު ކޮރެއާގެ ޓެކް ކުންފުނި ސެމްސަންގުން ނިންމައިފިއެވެ.
ސެމްސަން އިން ބުނީ އެކުންފުނިން ވަޒީފާގެ ފުރުސަތު އިތުރުކުރަން ނިންމާފައިވަނީ ކުންފުނީގެ މައިގަނޑު ވިޔަފާރިތައް ކަމަށްވާ ޗިޕް އުފެއްދުމާއި ބަޔޯފާމަސޫޓިކަލް ވިޔަފާރިއަށް 356 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓު ކުރުމަށް ކަމަށެވެ. އެކުންފުނިން ބުނީ މިއީ ވޭތުވެދިޔަ 5 އަހަރު ދުވަހު މިކަންތައްތަކަށް ކުންފުނިން ހޭދަކޮށްފައިވާ މިންވަރަށްވުރެ 30 އިންސައްތަ އިތުރު މިންވަރެއް ކަމަށެވެ.
ސެމްސަންގ އިން އަލަށް އުފައްދާ 80،000 ވަޒީފާގެ ތެރެއިން އަންނަ އަހަރު ނިމެންވާއިރަށް ދެކުނު ކޮރެއާގައި ސާޅީސްހާސް ވަޒީފާ އުފެއްދުމަށް ނިންމާފައެވެ. މިއީ ފާއިތުވި މިއީ ވޭތުވެދިޔަ 5 އަހަރު އެކުންފުނިން ހޭދަކޮށްފައިވާ މިންވަރަށްވުރެ 30 އިންސައްތަ އިތުރު މިންވަރެކެވެ.
ސެމްސަންގ މަޝްހޫރުވެފައި ވަނީ އިލެކްޓްރޯނިކް އާލާތްތައް އުފެއްދުމަށެވެ. އެންމެ ބޮޑަށް މަޝްހޫރު ޓީވީ އާއި ސްމާޓްފޯނު އުފެއްދުމަށެވެ. ސެމްސަންގ ގެ ސެންޓަރުތައް ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ހުރެއެވެ. އެގޮތުން އިނގިރޭސިވިލާތް، އެމެރިކާ، ކެނެޑާ އަދި ފިލިޕީންސް ހިމެނެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.