1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ނަޝީދަށް ދިން ހަމަލާގެ ޝަރީއަތުގެ އަޑުއެހުން މާދަމާ

big_ajGLugXRsOnQuE4tXtmtgf4ZO
ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދަޢުވާ އުފުލާފައިވާ މީހުން : ފޮޓޯ-ޕޮލިސް
ސާއި ޢަލީ
588ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދަޢުވާ އުފުލާފައިވާ މީހުންގެ ޝަރީޢަތުގެ އަޑުއެހުން މާދަމާ ބޭއްވުމަށް ތައާވަލުކޮށްފިއެވެ.

މި އަޑުއެހުން ބޭއްވުމަށް ތައާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:00އަށެވެ.

މާދަމާގެ ޝަރީޢަތް ބޭއްވުމަށް ތައާވަލުކޮށްފައި މިވަނީ، މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ތައާވަލުކުރުމަށްފަހު، އެ ޝަރީޢަތް ކެންސަލްކުރުމަށްފަހުއެވެ. އެދުވަހުގެ ޝަރީޢަތް ކެންސަލްކުރީ ހަމަލާއާ ގުޅިގެން ހައްޔަރުކޮށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ބެލުމުގެ ދަށުގައި ތިބި މީހުން މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ޝަރީޢަތަށް ޙާޒިރުނުކުރެވިގެނެވެ.

300 × 250

މިދިޔަ އަހަރުގެ މެއި 6ވަނަ ދުވަހު ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާއި ގުޅިގެން 10 މީހެއްގެ ޝަރީއަތް މިވަގުތު ކޯޓުގައި ކުރިއަށްދެއެވެ. އެ 10 މީހުންގެ ތެރެއިން އަޑުއެހުން ބޭއްވުމަށް ތައާވަލުކޮށްފައިވަނީ، ތަހްނީމް އަހުމަދާއި، މުޖާޒު އަހުމަދާއި، އިސްހާގުއާއި، ފަހުމީ އަލީއާއި، އަލީ ހައިޝަމްއާއި، ފަހުމީ އަލީއާއި، މުހައްމަދު ނާޒިމްގެ މައްޗަށް ޝަރީޢަތް ހިންގުމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މިހާތަނަށް ކުށް ސާބިތުވެފައިވަނީ އަހްމަދު އަދުހަމް މައްޗަށެވެ. އޭނާއަކީ ރައީސް ނަޝީދަށް ދިން ހަމަލާގައި ބޮން ގޮއްވާލި މީހާއެވެ. އޭނާގެ މައްޗަށް ކޯޓުން ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ ޝަރީއަތްތައް އޮބްޒާވުކުރުމުގެ ފުރުސަތު މިހާރު ވަނީ އެމަނިކުފާނުގެ ވަކީލުންނަށް ދިނުމަށް ކްރިމިނަލް ކޯޓުން ނިންމާފައެވެ.

މެއި 6ގެ ހަމަލާގެ އެންމެ ބޮޑު ޝިކާރައަކަށްވީ ރައީސް ނަޝީދަށް ކަން ފާހަގަކުރައްވާ އެ މައްސަލާގައި ކުރިޔަށް ގެންދާ ޝަރީއަތް އޮބްޒާވުކުރުމަށް އެމަނިކުފާނުގެ ވަކީލުންނަށް ފުރުސަތު ދެއްވުމަށް ކޯޓްގައި އެދިވަޑައިގަތީ ރައީސް ނަޝީދުގެ ވަކީލު އަދި ކޮއްކޯފުޅު ނާޒިމް ސައްތާރެވެ. މާދަމާ ބާއްވާ ޝަރީއަތުން ފެށިގެން އޮބްޒާވުކުރުމުގެ ފުރުސަތު ކޯޓުން ދެއްވާފައިވާކަމަށް ރައީސް ނަޝީދުގެ ވަކީލުންނަށް ދިނުމަށް ކޯޓުން ނިންމާފައިވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި