ގދ ތިނަދޫ ގައި ޒަމާނީ ފެންވަރުގެ ސްލިޕްވޭއެއް އަޅައި ހިނގާނެ ފަރާތެއް ހޯދަން ތިނަދޫ ކައުންސިލުން މިއަދު އިޢުލާން ކޮށްފިއެވެ.
ތިނަދޫ ކައުނަސިލްގެ ރައީސް ވިދާޅުވީ ތިނަދޫގައި އުަޅަނދުފަހަރު އަރުވާބޭލުމަށް އެންމެ ޒަމާނީ ސްލިޕްވޭއެއް އެޅުމަށް ކައުންސިލްގައި މަޝްވަރާކޮށްފައިވާކަމަށާއި އެގޮތުން އެންމެން އިއްތިފާޤްވީ އެކަމަށް އިންވެސްޓްކޮށް ހިންގާނެ ބަޔަކު ހޯދަން ހުޅުވާލަންކަމަށެވެ.
"މިއަދު އިޢުލާން ކޮއްފައި ވާނެ އިންވެސްޓްކޮށް ހިންގާނެ ބަޔަކު ހޯދަން. އޭގެ އެންމެ މުހިންމު ކަމަކީ ޒަމާނަށްފެތޭ ތަނެއް ހެދުން ، އަދި މިއީ ދެކުނުގެ މަސްވެރިންނާ އޮޑިވެރިން ނިހާޔަތަށް ބޭނުންވެފައިވާ ކަމެއް. އެންމެ ބޮޑު އަމާ އަކީ ފަހުގެ ޓެކްނޮލޮޖީއާއި ގުޅުންހުރި ތަނެއް ހެދޭތޯ ބެލުން " ތިނަދޫ ކައުނަސިލްގެ ރައީސް ސަޢުދު އަލީ ވިދާޅުވިއެވެ.
ތިނަދޫ ކައުނަސިލުން ވިދާޅުވީ ތިނަދޫ ސްލިޕްވޭ އެޅުމަށް ބޭނުންވާ ބިންވަނީ ހަމަޖެހިފައިކަމަށާއި 31 އޮގަސްޓަށް މައުލޫމާތު ހޯދައި 22 ސެޕްޓެމްބަރު ގައި ޕްރޮޕޯސަލް ހުށަހަޅަން މިއަދުވާނީ އިޢުލާން ކޮއްފައިވާނެ ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.