1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކަނޑުމަގުން ރާއްޖެ އެތެރެ ކުރަން އުޅުނު ގިނަ ޢަދަދެއްގެ މަސް‏ތުވާތަކެއްޗާއިއެކު ބަޔަކު ހައްޔަރުކޮށްފި

AA7F031F-38DE-4DD2-AE33-D70DBD5BA6D0
ސާއި ޢަލީ
253ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކަނޑުމަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު ގިނަ ޢަދަދެއްގެ މަސް‏ތުވާތަކެއްޗާއިއެކު ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ފުލުހުންގެ އިންޓެލިޖެންސް އަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، އެމްއެންޑީއެފް ގެ ސަދަން އޭރިޔާ ކޮމާންޑާއި ފުލުހުންނާ ގުޅިގެން ކަނޑުމަތީގައި ހިންގި މި ޚާއްސަ އޮޕަރޭޝަނުގައި 80 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ.

އެގޮތުން މަސްތުވާތަކެތި އަތުލައިގަނެފައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރެއިން އީރާނުގެ ބޯޓަކުން ގދ.ތިނަދޫ "ފަރުމާނު" ނަމަކަށް ކިޔާ ދޯންޏަކަށް ބަރުކުރަން އުޅުމުގެ ތެރޭގައެވެ.

300 × 250

0-02-03-0e11ce46af84917f72e61afd65ba11f9c68734e6ad91fbe3ca9ae6e7b557e9ad_2416b4a7784c97e4ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފެނުނު އީރާނުގެ ބޯޓް

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންނާއި ސިފައިން އެސަރަޙައްދަށް ދިޔައިރު އީރާނުގެ ބޯޓުން ގެނައި މަސްތުވާތަކެތި ވަނީ ދޯންޏަކަށް އަރުވާފައެވެ.

މި މައްސަލާގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފަހަކަށް އައިސް ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް މަސްތުވާތަކެތި ހިފައިގެން އަންނަ ބޭރުގެ ބޯޓުތައް ގިނަވެފައިވާއިރު ކަނޑުގެ ސަރަޙައްދު ޕެޓްރޯލްކުރުމަށް އިންޑިޔާ ސަރުކާރާއި ގުޅިގެން މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށް ކަމާއި ބެހޭ އިދާރާ ތަކުން މަޢުލޫމާތު ދެއްވާއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި