ފުލުހުންގެ ބެލުމުގައި ތިބި މުސަޅެއްގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފިއެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ‏މިދިޔަ މަހުގެ 10 ވަނަ ދުވަހު، ބައު ޖަމާލުއްދީން ކައިރިން ފެނިގެން އާންމު ފަރާތަކުން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ދެ މުސަޅު ފުލުހުންގެ ބެލުމުގެ ދަށުގައި އެބަތިބިކަމަށެވެ. އަދި މި ދެ މުސަޅުގެ ވެރިފަރާތުން ގަލޮޅު ޕޮލިހަށް ހާޒިރުވެ މުސަޅުތަކާ ހަވާލުވުމަށްވެސް ފުލުހުން ބުނެފައިވެއެވެ.

https://twitter.com/PoliceMv/status/1536222935844655104?s=20&t=QMlIXs41xemmWWi_Tf3i5g

މުސަޅު ޖޯޑެއްގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފައިވާއިރު، މީގެ ދުވަސްކޮޅެއް ކުރިން ފުލުހުން ވަނީ ވަކިލާރި ކޮތަޅެއްގެ ވެރިފަރާތް ހޯދަންވެސް އިއުލާންކޮށްފައެވެ.