މިދިޔަ މަހުގެ 29ވަނަ ދުވަހު އިންޑިއާއިން ގެނައި މުދާ ޝިޕްމަންޓުން އަތުލައިގަތީ 15.5 ކިލޯގެ ހަޝިޝް އޮއިލް ކަމަށް ކަސްޓަމްސްއިން ބުނެފިއެވެ. ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު އިންޑިޔާގެ ޓުޓިކޮރިންއިން ކަނޑުމަގުން ރާއްޖެ ގެނެސްފައިވާ މުދާ ޝިޕްމަންޓެއް ބަލާ ފާސް ކުރުމުގެ އޮޕަރޭޝަނެއް ތިން ދުވަސް ވަންދެން ކޮށްފައިވާ ކަމަށެވެ. ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި އެ އޮޕަރޭޝަނަކީ ގާނޫނާއި ގަވާއިދާ ހިލާފު އެއްޗެއް އޭގައި ހުރިކަމަށް ޝައްކުކުރެވިގެން ހިންގި އޮޕަރޭޝަނެކެވެ.
އަދި އެ އޮޕަރޭޝަންގައި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހަޝިޝް އޮއިލްގެ 15.5 ކިލޯ އަތުލައިގަނެވިފައިވާކަމަށް ކަސްޓަމްސްއިން ބުންޏެވެ. މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 4 މިލިއަން ދިވެހި ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ބުނެފައި ވެއެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށްޓަކައި އެތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.