ގދ. މަޑަވެލި "ކަމަނަ" ދޯނީގެ ފަޅުވެރިއެއްގެ ހާލު ދެރަވެގެން އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މަޑަވެލީގެ ހުޅަނގުން 45 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރަން އުޅުނު "ކަމަނަ" ދޯނީގައި ހުރި 43 އަހަރުގެ ދިވެހި ފަޅުވެރިއެއްގެ ހާލު ދެރަވެގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށެވެ.

https://twitter.com/MNDF_Official/status/1538190658506149893?s=20&t=cU8NAeZVsRhqrY7cq4JDXw

އެމީހާއަށް މިހާރު ދަނީ ޑރ. އޭއެސްއެމް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.