އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގައި ހިނގާފައިވާ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މިއަދު ބޭއްވުމަށް ނިންމައިފިއެވެ.
މި މައްސަލައިގައި މިއަދަށް ތާވަލުކޮށްފައިވަނީ ހެކި ބަސް ނެގުން ކަމަށްވާއިރު، މިއަދުގެ ޝަރީއަތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ މިއަދު 11:00ގައެވެ.
އާރަށު މައްސަލައިގައި ދައުވާ އުފުލާފައިވަނީ ކުރީގެ ރައިސް ޔާމީންގެ މައްޗަށާއި، ޔޫސުފް ނަޢީމްގެ މައްޗަށެވެ. އެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލައިފައިވަނީ މަނީލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.