މި އަހަރުގެ މިނިވަން ދުވަހަށް ޚާއްޞަކޮށްގެން ނެރުނު ވަރަށް ޚާއްޞަ ޤައުމީ ލަވަ މިއަދުވަނީ ޕީއެސްއެމްގެ ލައިވް ޓެލަތޯންގައި އާންމުންނަށް ގެނެސްދީފައެވެ. މީގެ ކުރިން ހުވަދޫ ނޫހަށް ދިން ބަސްދީގަތުމެއްގައި ޖާދު ބުނީ އޭނާ އަމިއްލައަށް ޑައިރެެކްޓްކޮށް، ޢަލީ ރަޝީދު (ގޮޅާ) ކެމެރާކޮށް ގެނެސްދޭ ލަވައިން 100 އަށް ވުރެން ގިނަ މޫނު ފެނިގެންދާނެ ކަމަށް ޖާދު ބުނެފައިވެއެވެ. ޖާދު ބުނީ މިއީ ތަފާތު ލަވައެއް ކަމަށާއި ހީނުކުރާހާ ތަފާތު މޫނު ތައް މި ލަވައިގައި ފެނިގެން ދާނެ ކަމަށެވެ.

މިދިޔަ އަހަރުގެ މިނިވަން ދުވަހަށް ޚާއްޞަކޮށްގެން މަޝްހޫރު ނެށުންތެރިޔާ/ޑިޒައިނަރ އަދި އެކްޓަރ ޖާދުﷲ އިސްމާޢީލް ގެނެސްދިން ”މިނިވަން ވަޔާ ކުޅެލާށެ ތާޒާ…“ ލަވައިން ފެނިގެން ދިޔައީ 67 ފަންނާނުންނެވެ. އެ ލަވައަށް ބޮޑު މަޤްބޫލުކަމެއް ލިބިގެން ދިޔައީ ލަވައިން ފެނުނު ތަރިންގެ ސަބުންނާއި ޖާދުގެ މަސައްކަތުގެ ފުރިހަމަ ކަމުންނެވެ. ކުރިން ފަހަރު ތަކާ އެއްގޮތަށް ޖާދޫގެ މިފަހަރުގެ ޖާދޫގައި ވެސް ގިނަ ބަޔަކު ޖެހިގެން ދާނެ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ