1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

60 ރަށަކުން ލޭންޑް ޔޫސް ޕްލޭން ހުށަހެޅި އިރު ފާސްވީ 13 ޕްލޭނެއް

thinadhoo (2)
ހުވަދޫ ފޮޓޯ: މުހައްމަދު އަޚްތަރު
ސާއި ޢަލީ
927ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކުން އެކުލަވާލުމަށް ލާޒިމްކޮށްފައިވާ ލޭންޑް ޔޫސް ޕްލޭން، މިހާތަނަށް 60 ރަށަކުން ހުށަހަޅާފައިވާކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ ޤާނޫނަށް އެންމެފަހުން ގެނައި އިސްލާހުގައި ބަޔާންކުރަނީ ކައުންސިލްތަކުގެ އިންތިޚާބަށްފަހު އިންތިޚާބުކުރެވޭ މެންބަރުން މަޤާމާ ޙަވާލުވުމަށްފަހު 3 މަސްދުވަހުގެ ތެރޭގައި، އަތޮޅު ކައުންސިލުން ފޯރުކޮށްދޭ ފަންނީ އެހީތެރިކަމާއެކު، އެރަށެއްގެ ރަށުގެ ތަރައްޤީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން ކޮންމެ ރަށެއްގެ ރަށު ކައުންސިލުން އެކުލަވާލަންވާނެކަމަށެވެ.

ނަމަވެސް މިހާތަނަށް މިމަސައްކަތަކީ ކައުންސިލްތަކަށް ކުރަން އެހާ ފަސޭހަ ކަމަކަށް ވަނީ ނުވެފައެވެ. ނަމަވެސް އެންމެ ފަހުން ބޭއްވި ވިވަތި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށް އޮތް ދަތިތަކަށް ހައްލު ހޯއްދަވައި ދެއްވާނެކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނުގެ މިނިންމެވުމާ އެއްގޮތަށް ޕްލޭނިން މިނިސްޓްރީން ގެންދަވަނީ ކުރިން އަމަލު ކުރަމުންދިޔަ ލޭންޑް ޔޫސް ޕްލޭން ހުށަހަޅާ އުސޫލަށް ބަދަލުތަކެއް ގެނެސް ލުއިގޮތްތަކެއް ފަހިކޮށް ދެއްވަމުންނެވެ.

300 × 250

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމަލުއްދީން ވިދާޅުވީ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށްޓަކައި ޑްރޯން ބޭނުންކޮށްގެން ޕްލޭން އެކުލަވާލުމަށް ފުރުސަތު ފަހިކޮށްދެއްވާފައިވާކަމަށެވެ. މިނިސްޓްރީން ދެއްވާފައިވާ ލުއިތަކާއެކު މިއަހަރުގެ މިހާތަނަށް 60 ރަށަކުން ލޭންޑް ޔޫސް ޕްލޭން ހުށަހަޅުއްވާފައިވެއެވެ. އޭގެ ތެރެއިން 13 ރަށެއްގެ ލޭންޑް ޔޫސް ޕްލޭން ވަނީ އެޕްރޫވް ކޮށްފައެވެ.

އަކްރަމް ވިދާޅުވީ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށް ދެއްވާފައިވާ ލުއިތަކާ ގުޅޭގޮތުން މިފެށޭ މަހުގެ ފުރަތަމަ ހަފްތާގައި ކައުންސިލްތަކާއެކު ބައްލުވުންތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އެމްޓީސީސީއާއި، ބޭރުގެ ޖަމްއިއްޔާއެއްގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ މިބައްދަލުވުމުގައި ޑްރޯން ބޭނުންކޮށްގެން ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ކުރެވޭނެ ލުއިގޮތްތައް ކިޔައިދިނުމަށް ހަމަޖެހިފައިވާކަމަށް އަކްރަމް ވިދާޅުވިއެވެ.

ރަށްރަށުގެ ތަރައްޤީގެ ކަންކަމާއިވެސް ގުޅިފައިވާ އެންމެ ބޮޑު އެއް ބަޔަކީ ލޭންޑް ޔޫސް ޕްލޭނަށްވާއިރު މިމަސައްކަތްތައް މިހާރުވެސް ލަސްވެފައިވުމަކީ ރަށްރަށުގެ ކައުންސިލްތަކަށްވެސް އޮތް ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް އެލްޖީއޭއިން މިހާރު މަސައްކަތް ކުރަމުންދަނީ ބޭރުގެ އެކި ފަރާތްތަކުގެ މާލީ އެހީތެރިކަމާއިއެކުގައިވެސް މިމަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށެވެ.

ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ކައުންސިލްތަކުން އެކުލަވާލާ ލޭންޑް ޔޫސް ޕްލޭން، ޕްލޭނިން މިނިސްޓްރީއަށް ހުށަހަޅައި ފާސްކުރުމަށްފަހު، އެއަށް އަމަލުކުރަން ފަށާނީ އެ ޕްލޭނަށް އަމަލުކުރުމަށް، ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުމެއްގައި ފާސްކުރުމުންނެވެ. އަދި މި ޕްލޭނަށް އެއްވެސް ބަދަލެއް ގެންނަ، ކޮންމެ ފަހަރަކުވެސް އެގޮތަށް އަމަލުކުރަން ޖެހޭނެކަމަށް ބުނެފައިވެއެވެ.

300 × 250

ޚިޔާލު (3)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ހުވަދޫ

    ގިނައަތޮޅު ތަކުގެ ރަށްތަކުންވަނީ ރަށްރަށުގެ ޓޮޕޯ ގްރަފިކް ސާރވޭ ކުރުމަށްފަހު ޕްލޭން ހަދާ ފާސްކުރުމަށް ފޮނުވާފައި. ފާސް ނުކޮށްދީގެން އުޅެނީ އެހެން ކަންތައް ގަޑެއްގެ ސަބަބުން. ހަދާފައިވަނީ ލޮނުގަޑުން ފެށިގެން ރަށުގެ ގްރައުންޑް ލެވަލްއާއި ގްރައުންޑް ލެވަލްއާއި އަދި ޖިއޮގްރަފިކަލް ލޮކޭޝަންވެސް ހިމެނޭ ގޮތުން. ކޮންމެ އިކްވިޕްމަންޓަކުން ކޮންމެ ބަޔަކު ކުރިޔަސް ބަލާނީ މިކަންކަން

  • ޕްލޭން

    ގިނައަތޮޅު ތަކުގެ ރަށްތަކުންވަނީ ރަށްރަށުގެ ޓޮޕޯ ގްރަފިކް ސާރވޭ ކުރުމަށްފަހު ޕްލޭން ހަދާ ފާސްކުރުމަށް ފޮނުވާފައި. ފާސް ނުކޮށްދީގެން އުޅެނީ އެހެން ކަންތައް ގަޑެއްގެ ސަބަބުން. ހަދާފައިވަނީ ލޮނުގަޑުން ފެށިގެން ރަށުގެ ގްރައުންޑް ލެވަލްއާއި ގްރައުންޑް ލެވަލްއާއި އަދި ޖިއޮގްރަފިކަލް ލޮކޭޝަންވެސް ހިމެނޭ ގޮތުން. ކޮންމެ އިކްވިޕްމަންޓަކުން ކޮންމެ ބަޔަކު ކުރިޔަސް ބަލާނީ މިކަންކަން

  • ހަވަރު ތިނަދޫ ކައުންސިލް

    ހަވަރު ތިނަދޫގެ ލޭންޑް ޔޫސްޕްލޭން އޮތީ ސައުދު އަލީ ބަނޑުގައި ތާށިވެފަ

ގުޅުންހުރި