1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

"ވަންމެޕް.އެމްވީ" ދިވެހިރާއްޖޭގެ ރަށްތަކާއި ފަޅުތަކާއި ފަރުތަށް ޑިޖިޓަލްކޮށް

falhu rah
ފަޅު ރަށެއް - ފޮޓޯ: މޯލްޑިވްސް ޓައިމްސް
ސާއި ޢަލީ
668ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުން ހިންގާ މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން ދިވެހިރާއްޖޭގެ ރަށްތަކާއި ފަޅުތަކާއި ފަރުތަކުގެ ޑިޖިޓަލް ފައިލްތައް ޢާންމުކޮށް ބޭނުންކުރެވޭގޮތަށް ޝާޢިއުކޮށްފިއެވެ.

ދިވެހިރާއްޖޭގެ ޗާޓުތައް ކުރެހުމުގެ އިތުރުން މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތީރިޓީއަކީ ރާއްޖޭގެ ބިމުގެ ދަފްތަރު ޤާއިމުކޮށްބަލަހައްޓައި ޤައުމީ ޖިއޮގްރަފިކް އިންފޮމޭޝަން ސިސްޓަމް ޤާއިމުކޮށް، ރާއްޖޭގައި ކުރާ ބިމުގެ ސަރވޭތައް ރެގިއުލޭޓްކުރާ ފަރާތެވެ.

މީގެކުރިން ރާއްޖޭގެ ޗާޓުތައް ލިބެންހުންނަނީ ފޮތްތަކާއި، ހާޑްކޮޕީ ފޯމެޓުގައެވެ. މިޝޭޕްފައިލްތައް އާންމުކުރުމުން ދައު ލަތުގެ އިދާރާތަކާއި، އަމިއްލަ ކުންފުނިތަކާއި، ދިރާސާކުރާ ފަރާތްތަކާއި، އަމިއްލަ ފަރުދުންނަށް ރާއްޖޭގެ ރަށްތަކާއިބެހޭ ރަސްމީ ގިއޯގްރަފިކް މަޢުލޫމާތު، އެކި އެޕްލިކޭޝަންތަކުގައި ބޭނުންކުރުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.

300 × 250

އަދި ޗާޓުކުރުމުގެ މަސައްކަތާއި، ރިސޯސް އެލޮކޭޝަން މަސައްކަތާއި، ޕްލޭނިންގ މަސައްކަތާއި، ރިސަރޗް މަސައްކަތްކުރާ ދަރިވަރުންނާއި، އެޕްލިކޭޝަންތައް ތައްޔާރުކުރާ ފަރާތްތަކަށް ބޭނުންކުރު ވޭނޭ އޮތޯރިޓޭޓިވް ނުވަތަ ރަސްމީ ޑޭޓާ ލިބިގެންދާނެއެވެ.

https://twitter.com/MLSAmv/status/1539136013209341952?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1539136013209341952%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fpsmnews.mv%2F104739

އެއޮތީރިޓީއިން ދިވެހިރާއްޖޭގެ ޗާޓުތައް ޝާއިޢުކޮށްފައިވަނީ އެޗާޓުތަކުގެ ޖިއޯރިފަރަންސް މަޢުލޫމާތު ހިމެނޭ ގޮތަށް ބޭނުންކުރާ ޝޭޕްފައިލް ފޯމެޓުގައެވެ. ޝޭޕްފައިލަކީ ޖީ.އައި.އެސް ސޮފްޓްވެއަރ ތަކުގައި އާންމުކޮށް ބޭނުންކުރާ ޖިއޯސްޕޭޝަލް ޑޭޓާގެ ފައިލް ފޯމެޓެކެވެ.

މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީއިން މަޢުލޫމާތު ދެއްވާ ގޮތުގައި ރަށްތަކުގެ ޗާޓުތަކަކީ މެދުނުކެނޑި އަދާހަމަކުރަމުންދާ ޗާޓުތަކެކެވެ. މިގޮތުން ބިންހިއްކުމާއި، ފަޅު ހިއްކައިގެން އުފައްދާ ރަށްތަކުގެ މައުލޫމާތު ކަނޑައެޅިފައިވާ ފްރީކުއެންސީއެއްގައި ޗާޓުކޮށް އާންމުކުރެވިގެން ދާނެއެވެ. މިގޮތުން ޗާޓުތަކުގެ އެންމެ އަދާހަމަ މަޢުލޫމާތު ހޯދުމަށްޓަކައި، މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީއިން އެޗާޓުތައް ޝާޢިޢުކުރާ ވެބްސައިޓްކަމުގައިވާ www.onemap.mv އިން ޗާޓުތަކުގެ ޝޭޕްފައިލްތައް ހޯދުމަށް އެފަރާތުން އެދެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި