1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ކުޅިވަރު

އެފްއޭއެމް އާއި ތިނަދޫ ސްޕޯޓްސް ގުޅިގެން ތިނަދޫގައި އޭއެފްސީ "ސީ" ސެޓްފިކެޓް ކޯޗިން ކޯހެއް ފަށަނީ

4947B6ED-E494-43AE-8721-661EB645B348
ޙަސަން ޝަމްޢޫން
572ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ތިނަދޫ ސްޕޯޓްސް ގުޅިގެން، 19 އޮގަސްޓް 2022 ން 31 އޮގަސްޓް 2022 ގެ ނިޔަލައް ތިނަދޫގައި ބޭއްވުމައް ހަމަޖެހިފައިވާ އޭއެފްސީ "ސީ" ސެޓްފިކެޓް ކޯޗިން ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހުވަދު އަތޮޅުގެ ހުރިހަ ރަށަކަށް ފުރުސަތު ހުޅުވާލެވިފައިވާ މި ކޯހުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވަނީ 15 ޖުލައި 2022 ދުވަހުގެ ނިޔަލަށެވެ.

D90C3DB6-9266-4F7C-818A-55E12C452BF7

300 × 250

ތިނަދޫ ސްޕޯޓްސްގެ ޖެނަރަލް ސެކްރެޓަރީ ސަޚާޢުﷲ ޝަމީމު " ހުވަދު ނިއުސް " އަށް މައުލޫމާތް ދެއްވަމުން ވިދާޅުވީ، މި ކޯސް ހިންގުމުގެ ހިޔާލަކީ ކުލަބުގެ ރައީސް އަބްދުﷲ އަހުމަދުގެ އިސްނެންގެވުމާއެކު ހުވަދު އަތޮޅުގެ ފުޓްބޯޅައަށް ހާއްސަކޮށް ތިނަދޫގެ ފުޓްބޯޅައިގެ ފެންވަރު ރަގަނޅު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ބޭއްވޭ ހަރަކާތެއްކަމަށެވެ. މިގޮތުން ކުޅިވަރުގެ ފަންނީ މީހުން ބިނާކުރުމަކީ އެ ކުޅިވަރެއް ކުރިއަރައި ދިއުމަށް އޮތް އެންމެ ބޮޑު ވަސީލަތްކަމުގައި އެކުލަބުން ދެކޭ ކަމަށެވެ.

އަދި ކުލަބުގެ އެންމެ ބޮޑު އެދުމަކީ މިކޯޙުގެ ތެރެއިން ވީހާވެސް ގިނަފަރާތްތަކެއް މިދާއިރާ އަށް ނުކުމެ ހިދުމަތް ކުރުން ކަމަށާއި މީގެ އިތުރުން ތިނަދޫގައި ކައިރި މުސްތަޤުބަލެއްގައި ފެށުމަށް ހަމަޖެހިފައިވާ ވައިޑީޕީ ޕްރޮގްރާމަށް ރަނގަޅު ކޯޗުން ތަމްރީން ކުރުންވެސް ހިމެނޭ ކަމަށް ސަޚާއުالله ވިދާޅުވިއެވެ.

ކޯހާއިބެހޭ އިތުރު މައުލޫމާތް ހޯދުމަށް ބޭނުންފުވާފަރާތްތަކުން ނަންބަރ :7900405 ގުޅައިގެން މައުލޫމާތް ސާފުކުރުމަށް ތިނަދޫ ސްޕޯޓްސް ކުލަބުން އެދެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި