ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް (އަނދުން) ޙުސައިން ކަމަށް ބުނާ މީހެއްގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް ލީކްވެއްޖެއެވެ.

ޓްވިޓާގައި ދައުރުވަމުންދާ މިފޮޓޯއިން ފެނިގެންދަނީ އަދުން ހުސައިން އާއި ވައްތަރު މީހަކާއި އެހެން ފިރިހެނެއްގެ އިތުރުން އަންހެނަކު އެދެއްގައި ތިބޭ މަންޒަރެވެ. އަދުން ހުސައިން ކަމަށް ބެލެވޭ މީހާ އޮންނަނީ އަންހެންމީހާގެ ގައިގައި ބައްދައިގެންނެވެ. ފޮޓޯއިން ފެންނަ ގޮތުގައި މިތިންމީހުންވެސް ތިބީ ބަރަހަނާ ހާލުގައެވެ.

މިރޭ ލީކުކޮށްލި މިފޮޓޯއާއެކު އިންޒާރެއްވެސް ދީފައިވެއެވެ. މި ފޮޓޯ ލީކް ކުރި މީހާ ޓްވިޓަރގައި ބުނެފައިވަނީ ރައީސް މުޙައްމަދު ނަޝީދުގެ އަގު ވައްޓައިލުމަށް ފައްޔާޒާއި އަނދުން ހުސައިން އަޑީގައި ތިބެގެން މަސައްކަތް ކުރާ ކަމަށާއި އަދި މިއީ ފެށުން ކަމަށެވެ.

މިމައްސަލައިގައި އަދުން ހުސައިން އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ.

މިއަދު ވަނީ ރައީސް ނަޝީދުގެ ކޮއްކޯފުޅު، ނާޒިމް ސައްތާރު ކަމަށް ބުނާ މީހެއްގެ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާއްމުވެފައެވެ. އެހެންނަމަވެސް ނާޒިމް ބުނާގޮތުގައި އެއީ އޭނަގެ ވީޑިޔޯއެއް ނޫނެވެ. މި ވީޑިއޯގެ މައްސަލަ ފުލުހުންވަނީ ބަލަން ފަށާފައެވެ.