ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި މަޝްހޫރު ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރުގެ ޕާސްޕޯޓް ހިފަހައްޓައި އޭނަގެ މައްޗަށް ޖިނާއީ ތަހުޤީގެއް ފަށައިފިއެވެ.
"ރާސް މީޑިޔާ"އިން ހާމަކުރާގޮތުގައި ނާޒިމް ބަދުއަޚުލާގީ އަމަލެއް ހިންގާ ވީޑިއޯއެއް ލީކުވުމާއި ގުޅިގެން ނާޒިމްގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އިތުރުން، އޭނާގެ މައްޗަށް ދަނީ ޖިނާއީ ތަހުޤީޤެއް ވެސް ހިންގަމުންނެވެ.
ޓްވިޓާގައި މީހުންގެ ފާޑުކިޔުންތައް އަމާޒުވެ ވަރަށް ހަޑިހުތުރު ތުހުމަތްތަކެއް ކުރެވިފައިވަނިކޮށް ނާޒިމް މިވަނީ އޭނަގެ ޓްވިޓަރ އެކައުންޓްވެސް ޑީއެކްޓިވޭޓްކޮށްލާފައެވެ.
މީސްމީޑިޔާގައި ދައުރުވާ ވީޑިޔޯއިން ފެންނަގޮތުގައި ނާޒިމް އަބްދުއްސައްތާރު ކަމަށް ބެެލެވޭ މީހަކު ބިދޭސީ ފިރިހެނަކާއި އެެއް ޖިންސުން ގުޅުން ހިންގައެވެ. މިމައްސަލައިގައި ނާޒިމް ވަނީ ފުލުހުންގެ ތަހުޤީގަށް ހާޒިރުކޮށްފައެވެ. އަދި ނާޒިމްވަނީ އެތުހުމަތްތަކަށް އިންކާރުކޮށް އެވީޑިއޯއަކީ ސައްޚަ ވީޑިޔޯއެއް ނޫންކަމަށް ބުނެފައެވެ.
މިމައްސަލަ ފުލުހުންދަނީ އިތުރަށް ތަހުޤީގުކުރަމުންނެވެ.







ޚިޔާލު (1)
ނުފެންނާނެ ހެކެ އަދި ކީ ކުރަން އެހެން ކަމެވެސް ނުފެ ންނާނެ ތީ ކޮ ބައެ