މާލެ ހިމެނޭހެން 4 ރަށެއްގައި މާލެ އޮޕްޓިކަލްގެ ޚާއްޞަ ޕްރަމޯޝަނެއް ފަށައިފިއެވެ.
އައިނުގެ ވިޔަފާރީގައި މަޝްހޫރު މާލެ އޮޕްޓިކަލް އިން މި ހިނގާ ޖުލައި 1 ވަނަ ދުވަހު ފަށާފައިވާ ޚާއްޞަ ޕްރަމޯޝަންގައި އެތަނުން ގަންނަ ކޮންމެ ވިންޓޭޖް އައިނަކަށް އިތުރު އައިނެއް ހިލޭ ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
31 ޖުލައިގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރަމޯޝަނާބެހޭ ގޮތުން ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން މާލެ އޮޕްޓިކަލްގެ އޮފިޝަލަކު ބުނީ މި ޕްރަމޯޝަންގައި ވިއްކާ އަވި އައިނަކީ މިހާރު ރާއްޖޭގައި ވަރަށް ހިނގާ ބްރޭންޑްގެ އައިނުތަކެއް ކަމަށާއި އަދި އެއީ ރާއްޖޭގެ މާހައުލާ ވަރަށް ގުޅޭ އަވި އައިނެއް ކަމަށެވެ.

ކ.މާލޭގެ އިތުރުން މާލެ އޮޕްޓިކަލްގެ ޚާއްޞަ ޕްރަމޯޝަން ކުރިޔަށް ގެންދާ 3 ރަށަކީ ގދ.ތިނަދޫ ހދ.ކުޅުދުއްފުށި އަދި ރ.އުނގޫފާރެވެ.
މާލެ އޮޕްޓިކަލްއިން ބުނީ ޕްރަމޯޝަން ކުރިޔަށް ދަނީ ރަށްރަށުގައި ތިބޭ އެ ކުންފުނީގެ އައުޓްލެޓް ތަކުން ކަމަށާއި މި ޕްރަމޯޝަންގައި ދެވޭ ވިންޓޭޖް އަވި އައިނު އެ ތަންތަނުން ވަގުތުން ދޭނެ ކަމަށެވެ.
މާލެ އޮޕްޓިކަލް އަކީ 1981 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހިންގާ ކުންފުންޏެކެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.