މި އަހަރުގެ އަޟްހާ އީދާ ދިމާކޮށް ހދ. ކުޅުދުއްފުށީގައި މިއަދު ހެނދުނުގައި ވަނީ ޚާއްސަ މާލި ޕެރޭޑެއް ކުރިއަށް ގެންގޮސްފައެވެ. މަށިމާލި ޕެރޭޑުގެ ނަމުގައި ކުރިޔަށް ގެންދެވުނު ޚާއްސަ ފުޅަނދު ބުރުގައި ގިނަ ބަޔަކާ އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުކުރާ ބަންގްލަދޭޝްގެ އަލަމްގިރީގެ ކޮޓަރި ރަމްޒު ކޮށްދޭ ފުޅަނދެއް ދައްކާލައިފިއެވެ.
އެ ޕެރޭޑްގައި އަލަމްގިރި ކޮޓަރި ރަމްޒު ކޮށްދޭ ދެ ފުޅަނދެއް ވަނީ ތައްޔާރު ކޮށްފައެވެ. މީސް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ފުރަތަމަ ފުޅަނދުގައި ވަނީ އަލަމްގިރީގެ ކޮޓަރީގެ އެނދުގައި އަޅާފައި އޮތް ބެޓް ޝީޓާއި ވައްތަރު ބެޑްޝީޓެއް އަޅައިފައެވެ. އަދި އަލަމްގިރީގެ ކޮޓަރީގައި ފެންނަގޮތަށް ރީނދޫ ތުވާއްޔެއް ވެސް އޮތެވެ.
އެ ފުޅަނދުގެ އަރިމަތީގައި "ބިޒްނަސް މީޓިން" ޖަހާފައި ވެއެވެ.
އޭގެ އިތުރުން ދެވަނަ ފުޅަނދުގައި މީހަކު އޮށޯވެގެން އޮންނަ ތަން ފެނެއެވެ. އަދި އޭގައި ވަނީ " ބިޒްނަސް މީޓިން ރޫމް" އަދި "އެ ކޮޓަރި ކޮޅު" ޖަހައިފައެވެ.
އެ ހަރަކާތް އިންތިޒާމް ކުރި ފަރާތުން މީޑިއާތަކަށް މަޢުލޫމާތު ދެމުން ބުނެފައިވާގޮތުން، މިފަދަ ތަފާތު ޙަރަކާތްތައް އަބަދުވެސް ކުޅުދުއްފުށީގައި ބާއްވާ ކަމަށެވެ. މިގޮތުން އެ ދުވަސްވަރެއްގައި އެންމެ ދެކެވޭ ވާހަކަތަކަށް ފާޑު ކިޔައި ތަފާތު ފުނޅަދު ފަރުމާކުރާކަމަށް ކަމަށް އިންތިޒާމު ކުރި ފަރާތުން މަޢުލޫމާތު ދެއެވެ. އަދި އިންތިޒާމްކުރި ފަރާތުން މަޢުލޫމާތުދޭގޮތުން މިއީ އެއްވެސް ސިޔާސީ މަޤްސަދެއް ޙާޞިލްކުރުމަށް ކޮށްފައިވާ ކަމެއް ނޫންކަން ހާމަކޮށްފައިވެެވެ.
އަލަމްގިރި އާއެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ ތެރެއިން 42 މީހެއްގެ ވީޑިއޯ އޭނާ ރެކޯޑް ކުރިކަމަށް ވެއެވެ. އެވީޑިއޯތައް ބޭނުންކޮށްގެން ވީޑިއޯ އިން ފެންނަ މީހުން ބްލެކްމެއިލް ކުރުން މާޗް މަހުން ފެށިގެން ކުރިޔަށް ގެންގޮސްފައި ވެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.