މާލެ އިން 17 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. މަޢުލޫމާތު ލިބޭގޮތުން، ގެއްލިގެން ހޯދަނީ އައްޑޫ ސިޓީ ފޭދޫ އަށް އުފަން 17 އަހަރުގެ އާމިނަތު ޒާރާ ރިޔާޒްއެވެ. ފުލުހުން މިއަދު މައުލޫމާތުދީފައިވާ ގޮތުން، މާލެ އިން އަންހެން ކުއްޖަކު ގެއްލިފައިވާކަމުގެ ރިޕޯޓް އާއިލާގެ ފަރާތުން އާދީއްތަ ދުވަހު ފުލުހުންނަށް އަންގާފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލައި އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ. ޒާރާގެ އާއިލާގެ މެމްބަރަކު މީޑިއާއަށް މަޢުލޫމާތު ދީފައުވާ ގޮތުގައި، އާދިއްތަ ދުވަހު މެންދުރު ފަހު 2:30 އެހާކަން ހާއިރު ޒާރާ، ރައްޓެއްސެއްގެ ގެއަށް ދިޔަ ކަމަށެވެ. އަދި އެރޭ ނުވައެއް ޖަހަން ދެންވެސް ވައިބާ އިން، ޒާރާ އޭނާގެ މަންމަ އާ ވާހަކަ ދެއްކި ކަމަށް ވެސް މައުލޫމާތު ދިން މީހާ ކިޔައި ދިނެވެ.
ޒާރާ.
އޭގެ ފަހުން މަންމަ ޒާރާ އަށް ގުޅި ކަމަށާއި އަވަހަށް ގެއަށް އައުމަށް ބުނި ކަމަށްވެއެވެ. އެއީ އެންމެ ފަހުން ޒާރާ އާ ވާހަކަ ދެއްކި ފަހަރު ކަމަށް ވެސް އާއިލާގެ މެމްބަރު ބުނެއެވެ. ޒާރާގެ ހުރިހާ ރަހުމަތްތެރިންނާއި އަދި ދަންނަ ހުރިހާ ރައްޓެހިންނަށް ވެސް ގުޅައި މައުލޫމާތު އޮޅުން ފިލުވާފައިވާނެ ކަމުގައި އާއިލާއިން މަޢުލޫމާތު ދީފައި ވެއެވެ. އަދި އެއްވެސް މީހަކަށް ޒާރާ ވީ ތަނެއް ނޭނގޭ ކަމަށް އާއިލާއިން މަޢުލޫމާތު ދެއެވެ. ޒާރާ އެންމެ ފަހުން ގެއިން ނުކުތް އިރު ލައިގެން ހުރީ ނޫ ކުލައިގެ ޖިންސަކާއި ކަޅު ކުލައިގެ ޓޮޕެކެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.