ގިނަ އަދަދެއްގެ ދިވެހިންނާއެކު އެއްޖިންސުގެ ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރިގެ ބަންދަށް މުއްދަތު ޖެހި ޤާޒީއަށް ޝެއިޚް ޑރ.މުޙައްމަދު އިޔާޟް އިންޒާރު ދެއްވައިފިއެވެ.
މިދިޔަ އަންގާރަ ދުވަހު ފުލުހުން އަލަމްގިރި ހައްޔަރުކޮށްފައިވާއިރު ކޯޓުން އޭނަގެ ބަންދުގެ މުއްދަތަށް އިއްޔެ ވަނީ 5 ދުވަސް ދީފައެވެ. އެހެންކަމުން އެފަދަ ކުރު މުއްދަތެއް އަލަމްގިރިއަށް ދިނުމާއި ގުޅިގެން ޑރ.މުޙައްމަދު އިޔާޟް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޑރ.އިޔާޟް ވިދާޅުވީ އަލަމްގިރި ގިނަ އަދަދެއްގެ ދިވެހިންނާއެކު ހަޑިމުޑުދާރު ފާހިޝް އަމަލުތައް ހިންގުމުންވެސް އޭނައަށް ދިނީ އެންމެ ފަސް ދުވަސް ކަމަށާއި ނަމަވެސް މުންކަރާތް މަނާކުރި މީހުންނަށް ދިނީ ފަސްދޮޅަސް ދުވަސް ކަމަށެވެ. އޭނާ އެ ޢިޝާރަތް ކުރައްވަނީ ޔޯގާ ހަރަކާތާ ގުޅިގެން ހައްޔަރުކުރި ޢިލްމުވެރިންނަށެވެ.
https://twitter.com/dr_iyaz/status/1547390876338765824?s=20&t=yZJ8KduKdDfJxKE_B2An4Q
ދީނުގައި އަންގަވާފައިވާ ގޮތަށް އަމަލުނުކޮށް ގާޒީ ﷲ އަށް ބިރުވެތިވުމުގެ ޚިޔާލެއްވެސް ނެތީތޯ ވިދާޅުވެ ޑރ.އިޔާޟް ވަނީ ގާޒީއަށް އިންޒާރު ކުރައްވާފައެވެ. އަދި ދުނިޔަވީ ލައްޒަތައްޓަކައި ދީނާއި އަބުރު ކުޑަ އަގަކަށް ވިއްކާނުލުމަށް ވެސް ޑރ.އިޔާޟް ވަނީ ގާޒީއަށް ގޮވައިލައްވާފައެވެ.







ޚިޔާލު (1)
ވަލިއަޔުލް އަމްރުގެ އަނބިކަބަކުން ހައްޖައްދާން އޮރިޔާން ނިވާކޮއް ހައްޖުން އައިސް އޮރިޔާމާ މަގުމަތީ އުޅުމުން ބަހެއް ނުކިޔާ ތިހުންނަނީ ވަލިއްޔުލް އަމްރުގެ އަޅަކަށް ތިބޭފުޅާ ވެފަހުރީމަތޯ