ފުލުހުން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން ޓިކްޓޮކް ތަރި މަރިޔަމް ޝިފާގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި ޝިފާގެ ޕާސްޕޯޓް ހިފެހެއްޓީ ފުލުހުން ތަހުޤީގު ކުރަމުން އަންނަ މައްސަލައަކާއި ގުޅިގެންނެވެ.

ޓިކްޓޮކުން މަޝްހޫރުކަން ހޯދައިގެން ފިލްމީ ދާއިރާއިން ފެނިގެންދިޔަ ތަރި މަރިޔަމް ޝިފާ އެއްޖިންސުގެ ގުޅުން ހިންގި ކަމަށް ބެލެވޭ ވީޑިޔޯއެއް އާންމުވުމުުން ފުލުހުން ދަނީ އެމައްސަލަ ތަހުޤީގު ކުރަމުންނެވެ. އެހެންނަމަވެސް ޝިފާ ބުނަމުންދިޔައީ އެއީ އެއީ އޭނަ ބަދުނާމްކުރުމަށް ބަޔަކު ރާވައިގެން ކުރި ކަމެއް ކަމަށާއި އެއީ އެޑިޓެއް ކަމަށެވެ. ނަމަވެސް އޭނާ އެހެން ބުނިފަހުންވެސް އިތުރު ވީޑިއޯތަކެއް ވަނީ ލީކުވެފައެވެ

މިމައްސަލަ ބަލަމުުން އަންނަކަމަށް ފުލުހުން ބުނި ނަމަވެސް މިމައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.

ޝިފާގެ އިތުރުން ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ ޕާސްޕޯޓްސްވެސް ހިފަހައްޓާފައެވެ. މިތިން މީހުންގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އެއްޖިންސުގެ ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ ވީޑިޔޯތަކެއް މީސްމީޑިޔާގައި ދައުރުވުމާއި ގުޅިގެންނެވެ.