ރާބޮއެ ޖިންސީ ގުޅުން ހިންގަން ހިތްވަރުދޭ މެނޫއެއް ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލުގެ އިވެންޓެއްގައި ބެހެއްޓި މައްސަލައިގައި އެ ސްކޫލްއަށް ތަފާތު ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.
އެ ސްކޫލްގެ ބެލެނިވެރިންގެ އެސޯސިއޭޝަން (ޕީޓީއޭ) އިން އިންތިޒާމްކޮށްގެން ބޭއްވި ސޭލް އިވެންޓްގައި ހުރި ސްޓޯލެއްގެ މެނޫއެއްގައި ރާ ބޮއި އަދި ޖިންސީ ގުޅުން ހިންގަން ހިތްވަރު ދޭ މެނޫއެއް ހިމަނާފައި ހުރުމުން ގިނަ ބެލެނިވެރިން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
އެމެނޫގައި ރާ ބޮއެ ޖިންސީ ގުޅުން ހިންގަން ހިތްވަރުދޭ ތަފާތު ނަންތައް އެކުލެވޭ ބުއިންތައް ހިމަނައިފައި ވެއެވެ. އޭގެ ތެރެއިން އެއް ބުއިމަކަށް ދީފައިވާ ނަމަކީ ރަލުގެ ބާވަތްތައް ހިމަނައިގެން ހަދާފައިވާ ކޮކްޓެއިލްއަަކަށް ކިޔާ ނަމެކެވެ. ފާޑުކިޔުންތައް މާބޮޑަށް އަމާޒުވުމުން ރެހެންދި ސްކޫލުން ވަނީ އެކަމަށް މަޢާފަށް އެދި ބަޔާނެއް ވެސް ނެރެފައެވެ.
އެ ސްކޫލުން ބުނީ އެކަން ހިނގައި ދިޔައީ ސްކޫލަށް އެނގިގެން ނޫން ކަމަށާއި އަދި އެކަން ކުށްވެރި ކުރާ ކަމަށެވެ. އަދި އެކަން އެނގުނު ހިސާބުން ފެށިގެން މެނޫ ހިމެނޭ އިޝްތިހާރު ބޯޑު ނަގާފައިވާ ކަމަށް ވެސް ސްކޫލުން ބުނެ އެވެ.
"އެކަން ކުރި ބަޔަކު އެކަން ކޮށްފައި ވަނީ އިންޓަނޭޝަނަލް މެނޫއެއް ކަމަށްވާތީ މާބޮޑު ވިސްނާލުމެއް ނެތި ކަމުގައި ސްކޫލަށް ވަނި މައުލޫމާތު ލިބިފަ އެވެ." ރެހެންދި ސްކޫލުގެ ބަޔާނުގައި ވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.