ބ. ފުޅަދޫގައި މޫދަށް އެރިއުޅުނު ދިވެހި ފިރިހެނެއް ގެނބިގެން ނިޔާވެއްޖެއެވެ.
ފުޅަދޫ ކައުންސިލު ރައީސް އަލީ އަޒުހަރު ނޫސްތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުކަމަށެވެ. އަދި މިމީހާ މޫދުން ނަގައިގެން ސިއްޙީ މަރުކަޒަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފައިވާ ކަމަށް ފުޅަދޫ ސިއްޙީ މަރުކަޒުން ބުނެއެވެ.
ކައުންސިލްގެ ރައީސް މަޢުލޫތު ދެއްވާފައިވާ ގޮތުގައި، މިމީހާ މަރުވެފައި ވަނީ މޫދަށް އެރި އުޅުނު ހަތަރު ކުއްޖަކު އޮޔާ ދާތީ، އެކުދިން ސަލަމާތް ކުރަން އުޅުމުގެ ތެރޭގައި ގެނބިގެންނެވެ. ރައީސް މައުލޫމާތު ދެއްވި ގޮތުގައި، މިހަތަރު ކުދިން އޮޔާ ދަނިކޮށް ސަލާމަތް ކޮށްދިނީ މިމީހާއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.