1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރާ ބޮއެ ޖިންސީ ގުޅުން ހިންގަން ހިތްވަރުދޭ މެނޫ ބެހެއްޓި މައްސަލައިގައި މައާފަށް އެދިއްޖެ

Rehendhi school
ރެހެންދި ސްކޫލްގައި ކުރިއަށްގެންދާ އިވެންޓް
ސާއި ޢަލީ
408ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލުގެ އިވެންޓެއްގައި ރާ ބޮއި ޖިންސީ ގުޅުން ހިންގަން ހިތްވަރުދޭ މެނޫއެއް ބެހެއްޓި މައްސަލައިގައި އެ ސްކޫލް ހޫނުފެނަށް ވެއްޓުމުން، އެ ސްކޫލުން މައާފަށް އެދިއްޖެއެވެ.

މިމައްސަލަ ފެންމަތިވީ އެ ސްކޫލްގައި ބޭއްވި ސޭލް ހަރަކާތެއްގައި ހުރި ކެންޓީނެއްގައި ބަނގުރާ ބޭނުންކޮށްގެން ތައްޔާރުކުރާ ބައެއް ބުއިންތަކަށް ދޭ ނަންތައް ދީފައިވާ ބުއިންތަކެއް ހުރުމުންނެވެ. ނަމަވެސް އެތަނުގައި ބަނގުރާ ގެންގުޅެފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ރެހެންދި ސްކޫލުން ބުނީ އެކަން ކުރި ބަޔަކު ބޭނުންކުރި މެނޫއަކީ އިންޓަނޭޝަނަލް މެނޫއެއް ކަމަށްވާތީ މާބޮޑު ވިސްނާލުމެއް ނެތި އެގޮތަށް ބެހެއްޓުނިީ ކަމަށެވެ. އަދި އެސްކޫލުން ވަނީ އެކަން ކުށްވެރިކޮށް އެކަމާއި ގުޅިގެން މައާފަށް ވެސް އެދިފައެވެ.

300 × 250

ރެހެންދި ސްކޫލުން ބުނީ އެކަން ސަމާލުކަމަށް އައި ހިސާބުން ފެށިގެން މެނޫ ހިމެނޭ އިޝްތިހާރު ބޯޑު ނަގާފައިވާ ކަމަށެވެ.

އެ ސްކޫލްގެ ބެލެނިވެރިންގެ އެސޯސިއޭޝަން (ޕީޓީއޭ) އިން އިންތިޒާމްކޮށްގެން ބޭއްވި ސޭލް އިވެންޓްގައި ހުރި ސްޓޯލެއްގެ މެނޫއެއްގައި ރާ ބޮއި އަދި ޖިންސީ ގުޅުން ހިންގަން ހިތްވަރު ދޭ މެނޫއެއް ހިމަނާފައި ހުރުމުން ގިނަ ބެލެނިވެރިންގެ އިތުރުން އާންމުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

އެ ސްކޫލުން ބެހެއްޓި މެނޫގައި ރާ ބޮއެ ޖިންސީ ގުޅުން ހިންގަން ހިތްވަރުދޭ ނަން ނަން ހިމެނޭ ބުއިންތައް ހިމަނައިފައި ވެއެވެ. އޭގެ ތެރެއިން އެއް ބުއިމަކަށް ދީފައިވާ ނަމަކީ ރަލުގެ ބާވަތްތައް ހިމަނައިގެން ހަދާފައިވާ ކޮކްޓެއިލްއަަކަށް ކިޔާ ނަމެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި