1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ކުޅިވަރު

ތައިލެންޑް މުބާރާތުގެ ޑަބަލްސް ބައިގެ ޗެމްޕިއަންކަން ދީމާއަށް

table tennis dheema
ރާއްޖޭގެ ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީ
ސާއި ޢަލީ
626ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ތައިލެންޑުގައި މިހާރު ކުރިއަށްދާ އޯލް ތައިލެންޑް މުބާރާތުގެ 19 އަހަރުން ދަށުގެ ޑަބަލްސް ބައިގެ ޗެމްޕިއަންކަން ރާއްޖޭގެ ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީގެ ޕެއާއިން ހޯދައިފިއެވެ.

މި މުބާރާތުގައި ދީމާގެ ޑަބަލްސް ޕެއާގައި ހިމެނެނީ ތައިލެންޑުގެ ފަންގެވެ. އެ ދެ ކުޅުންތެރިންގެ ޕެއާއިން ވަނީ މި އަހަރުގެ ޖެނުއަރީ މަހު ބޭއްވި އޯލް ތައިލެންޑް މުބާރާތުގެ 15 އަހަރުން ދަށުގެ ޑަބަލްސް ބައިގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ.

މި ފަހަރުގެ މުބާރާތުގެ 19 އަހަރުން ދަށުގެ ޑަބަލްސް ބައިގެ ޗެމްޕިއަންކަން ދީމާގެ ޕެއާއިން ހޯދިއިރު، އޭނާ ވަނީ 15 އަހަރުން ދަށުގެ ސިންގަލްސް ބައިގެ ސެމީ ފައިނަލަށްވެސް ދަތުރުކޮށްފައެވެ. އެކަމަކު ސެމީ ފައިނަލުގައި ދީމާ ބަލިވީ ތައިލެންޑުގެ އެއްވަނަ ރޭންކް ކުޅުންތެރިޔާ އަތުންނެވެ.

300 × 250

ސަރުކާރާއި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) ގުޅިގެން ހޯދައިދިން ފުރުސަތެއްގައި ތައިލެންޑުގައި މިހާރު ތަމްރީނު ހަދަމުން އަންނަ ދީމާއަށް، މި މަހު ފަހުކޮޅު އިނގިރޭސިވިލާތުގެ ބާމިންހަމުގައި ބާއްވަން ހަމަޖެހިފައިވާ ކޮމަންވެލްތު ގޭމްސްއަށް ތައްޔާރުވާން ތައިލެންޑް މުބާރާތުގެ ބޭނުން ހިފޭނެއެވެ.

ރާއްޖޭގެ ގައުމީ އަންހެން ޓީމު ވަނީ ކޮމަންވެލްތު ގޭމްސްއަށް ކޮލިފައިވެފައެވެ. އެ ޓީމުގެ އެހެން ކުޅުންތެރިން ވަނީ ކްރޮއޭޝިއާއަށް ދަތުރުކޮށް، އެ ގައުމުގައި 10 ދުވަހުގެ ތަމްރީނު ކޭމްޕެއް ފުރިހަމަ ކޮށްފައެވެ.

ތައިލެންޑް މުބާރާތުގައި ދީމާ ރަނގަޅު ކާމިޔާބީތަކެއް ހޯދިއިރު، އޭނާ ވަނީ މިދިޔަ މެއި މަހު ރާއްޖޭގައި ބޭއްވި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި މޮޅު ކުޅުމެއް ދައްކައި، ކެޑޭޓް ކެޓެގަރީން ރިހި މެޑަލް ހޯދާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި